ވިލިމާލޭ ބީޗު ސަރަހައްދުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، ވިލިމާލޭ ބީޗް ސަރަހައްދުގައި މޫދަށް އެރި އުޅުނު 39 އަހަރުގެ ނޭޕާލް ފިރިހެނަކު ގެނބިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް އިއްޔެ 17:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ
ގެނބެމުންދިޔަ މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެވަގުތު ހުރި ފުލުހެއް ކަމަށްވެސް ބުންޏެވެ.
އެ ހާދިސާ ހިނގުމުން އޭނާ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

