ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 63 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިމަހުގެ އެއް ވަނަ ދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ގިރަމުންދާ ސަރަޙައްދަށް 8100 ކިއުބިކް މީޓަރުގެ ވެލި އެޅުމާ، 250 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ނުވަތަ ވެލި ބަސްތާ ޖަހައިގެން ޙިމާޔަތްކުރުން ހިމެނެއެވެ.

މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަނީ 6 މަސް ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: