ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އާ ސަފީރު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު ރަސްމީކޮށް އެ މަގާމަށް އައްޔަންކުރައްވާ އޭނާ އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު މުނޫ އަށް މަގާމުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު އެވެ.

ރާއްޖޭގައި ހުންނަވާ ސަފީރަކަށް މުނޫ މަހާވަރު އައްޔަންކުރަން ނިންމާފައިވާ ކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅީ އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު އިންޑިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: