ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިމަށް ކުޅުޖެހި މީހާގެ ބަންދަށް 10 ދުވަސް

ހަތިމަށްކުޅޫ ޖެހުމުން އާންމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅުޖެހި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދު މުރާޖާ ކުރުމަށް އިއްޔެ ކޯޓަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އިއުތިރާވެފަ އެވެ. އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށާއި އަދި ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ މީގެކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

އޭނާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ އެ މިނިސްޓްރީ އިން ބެލި ބެލުމަށް އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: