ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ސެންޓްރަލް ޕާކްގައި ހުޅުވައިފި

ސެންޓްރަލް ޕާކުގައި މިރޭ ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ރާއްޖޭގައި ތަރައްގީކުރި އެންމެ ބޮޑު ފެންއަރުވާ ވަޑާން ރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގައި ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ޤާއިމްކުރި ފެން އަރުވާ ވަޑާން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މިރަސްމިއްޔާތުގެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މިރޭ ހުޅުވުނު ފެންއަރުވާ ވަޑާމުގެ ސަބަބުން ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން އިތުރުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސެންޓްރަލް ޕާކުގައި ފެންއަރުވާ ވަޑާމެއް މިއަދު ހުޅުވުނީ ގިނަ އަހަރުތަކެއްގެ އިންތިޒާރަށްފަހު ކަމަށެވެ.

ސެންޓްރަލް ޕާކުގެ އިރުއުތުރު ސަރަހައްދުގައި ތަރައްޤީކުރި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމްކޮށްފައިވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. މި ފެންއަރުވާ ވަޑާމުގައި ވެސް 20،021 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ. މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނަށް މި ބިނާ ވަރަށް ފުރިހަމަ ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: