ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ލަމަސީލް ޒުވާނާ“ ކޭމްޕް މި ފަހަރު އައްޑޫގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ލާމަސީލު ޒުވާނާ“ ކޭމްޕް އިފްތިތާހުކޮށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އިއްޔެ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ލާމަސީލު ޒުވާނާ ކޭމްޕުގެ އިފްތިތާހުކޮށް، ލާމަސީލު ޒުވާނާ ކޭމްޕު ހިންގުމަށް އެއްބާރުލުންދީ، އެހީތެރިކަންފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލާ  ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލްއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ.

މިރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ  ޢަލީ ނިޒާރު ދެއްކެވި ވާހަކަފުޅުގައި ޒުވާނުން ރަނގަޅު ކަންކަމަށް އަދި ނުރަނގަޅު ކަންކަމަށް ފުރޮޅިގެންދާ އެންމެ ނާޒުކު އުމުރަކީ ސްކޫލު ނިންމާ ޒުވާނުން މުޖުތަމައުއަށް ނުކުންނަ އުމުރުކަން ފާހަގަކުރައްވައި، އެއުމުރުގައި ރަނގަޅު މަގު އިހުތިޔާރުކޮށް، ދައްކުވައިދެއްވިއްޖެނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުމަކީ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށާއި މިކަމަށް އިސްނަގައިގެން މިފަދަ ކޭމްޕެއް އައްޑޫ ސިޓީ ކުރިއަށް ގެންގޮސްދިނުމަށް ނިންމިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި ލާމަސީލު ޒުވާނާ ކޭމްޕަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޝައުޤުވެރިކަން ހުރިދިމާތަކުން އެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: