ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާބިތު ދަރަންޏެއް ނުދެއްކުމުން ގާޒީއަކު މަގާމުން ވަކިކޮށްފި

ޖޭއެސްސީގެ ނަންބޯޑު
ޝެއާރކޮށްލާ ކަހަލަދޯ؟

ސާބިތު ދަރަންޏަކަށް ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރު މަގާމުން ވަކިކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްމުކުލްސޫމާ ގުޅޭގޮތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން އޭނާގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކޮށްފައި ނުވާކަން އެނގިފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ)ގެ ދެވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ކަމެކެވެ.

ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެއްޖެ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވެ އެވެ.

އެކަންކަމަށް ރިއާޔަތްކޮށް ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ނިންމުމާއެކު، ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ ހުންނެވި މަގާމު ހުސްވެއްޖެ ކަމުގައި ކޮމިޝަނުން މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: