ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން އަމުރުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މެޔަރ ޑރ. މުޙައްމަދު މައިއްޒު އަދި އެޗްޑީސީގެ އެމްޑީ ސުހެއިލް އަހްމަދު / ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރެޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓްން ވަގުތީ އަމުރެއް ނެރެފި އެވެ.

މާލެ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހަދައިފައިވާ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމި ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ރެދިނުމަށް އެދި ސިވިލްކޯޓަށް އެޗްޑީސީއިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ވަނީ ސިޓީކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށާއި، ސިޓީކައުންސިލްގެ މިނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްފައެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހައި ޤާނޫނީ ހައްގުތަކާއި، ބިމާއި ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަންވެސް މިއަމުރުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީއިން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ކުރަމުންދާނަމ އެކަމެއް ހުއްޓުވައި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށާއި މޯލްޑަިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގާ އަމުރުކޮށްފައިވެއެެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ލޯނު ނެގީ ވެސްހުޅުމާލޭ ފޭސް އެކެއް މޯޖޭގްކޮށްފަ އެވެ. އެއަށް ފަހު ފޭސް ދޭއް ހިއްކައި ނިމުމުން ފޭސް އެކެއް އާ އެއްކޮށް ހުޅުމާލޭގެ އައު ރެޖިސްޓްރީއެއް ދެއްވީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ އެވެ. އޭގެ ފަހުން ފޭސް ދޭއް ގައި ފްލެޓް އެޅުމާއި އެހެން ކަންކަމަށް އެ ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނު ނަގާފައި ވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން އެޗްޑީސީއާ ހަވާލުކޮށްފައިވަނީ ޑރ. މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ކުރީގެ ހައުސިން މިނިސްޓްރީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: