ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުގެ ބައެއް ވަޒީރުންގެ ކިބައިގައި އެމްޑީޕީގެ އަސާސީ ސިފަތައް ނެތް: ޝަފީގް

މެމްބަރު ޝަފީގް ވަނީ މިނިސްޓަރ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ ބައެއް ވަޒީރުންގެ ކިބައިގައި އެމްޑީޕީގެ އަސާސީ ސިފަތައް ނެތްކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލަށް ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ފާޑުވިދާޅުވެއްޖެއެވެ.

ކުދި އަދުި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވިއިރު މެމްބަރު ޝަފީގް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ނުހިނގާކަމަށް ވިދާޅުވެ މިނިސްޓަރުގެ ނަން ވިދާޅުނުވެ އިކޮނޮމިކް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދާއިރާގެ ރައްޔިތުންގެ ފަރާތުންވެސް ގިނަ ޝަކުވާތަކެއް އަންނަކަމަށާއި ޕާޓީގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމާއި ހިލާފަށް ބައެއް ވަޒީރުން މަސައްކަތްކުރައްވާކަމަށް މެމްބަރު ޝަފީގް ވިދާޅުވިއެވެ.

މެމްބަރު ޝަފީގްގެ ވާހަކަފުޅުގައި އެސްއެމްއީ ބޭންކުގެ މަގްސަދު އެދެވޭ މިންވަރަކަށް ހާސިލްނުވާކަން ފާހަގަކުރެއްވިއެވެ. ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް އަލިއަޅުއްވާލައްވައި މެމްބަރު ޝަފީގް ވިދާޅުވީ އަލަށް ވިޔަފާރިއެއް ފަށަން ހުށައަޅާ ޕްރޮޕޯސަލްއަށް ހަމަސް ދުވަސް ވާއިރު ޖަވާބެއް ނުލިބޭކަމަށެވެ. އެރަށަކީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ދިހަވަރަކަށް މިނެޓުތެރޭ ދެވޭ ރަށެއް ކަމަށާއި ހަމަސް ދުވަސް ފަހުން މިމަހުގެ 13 ވަނަ ދުވަހު ރަށު ފަތުރުވެރިކަން ހިންގަން ފީސިބަލް ރަށެއް ނޫންކަަމަށް ނިންމައި ޖަވާބު ފޮނުވާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

”ޕްރޮޕޯސަލް ކޮންމެ ގޮތަކަށް އޮތަސް ވަކި ބޭފުޅަކު ބުނާ ގޮތަކަށް ކަންކަން ކުރީމަ ކަންކަން ވެގެން އެބަދޭ“ މެމްބަރު ޝަފީގް

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި ކަމަށާއި އަދި އެކަން ނުވާނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއިން ކަމަކަށްވެސް އެދެވޭ ފުރިހަމަ ހައްލެއް ލިބިފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުން ހުއްޓާލުމަށްފަހު މިވަގުތު އިންޑިޔާއިން މަސައްކަތްތެރިން ގެނެވޭގޮތަށް އޮތުމަކީ ބަލައިގަނެވޭ ކަމެއްނޫންކަމަށް ވިދާޅުވިއެވެ. އިންޑިޔާ މަސައްކަތްތެރިންނަކީ ބަންގްލަދޭޝް މަސައްކަތްތެރިން ކުރާފަދަ ހުރިހާ މަސައްކަތެއް ކުރާ ބައެއް ނޫންކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެތައް ގޮތަކުން ގެއްލުން ވަމުންދާކަމަށް ވިދާޅުވިއެވެ.

މެމްބަރު ޝަފީގް ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީގެ މެމްބަރުކަމުގެ ގޮތުގައި ދެމިހުރީ ހަމަހަމަކަމާއި އިންސާފަކީ ޕާޓީގެ އަސާސްތަކަށްވާތީ ކަމަށެވެ. އަދި އާއިލީ ގޮތުން ބަލާނަމަ އެކުގައި މަސައްކަތްކުރަން މާ ގާތް ލީޑަރުން އެބަތިބި ކަމަށާއި އެޕާޓީތަކުގެ ބަދަލުގައި އެމްޑީޕީއާއެކު ދެމިހުރީ މިފަދަ އަސާސްތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ޕާޓީގެ އަސާސްތަކުގެ ވާހަކަ ކޮންމެ އިންތިހާބެއްގައި ދައްކާ ކަމަށާއި އެހެންނަމަވެސް އެސިފަތައް ބައެއް ވަޒީރުންގެ ކިބައިން ފެންނަމުން ނުދާކަމަށް ޝަފީގް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: