ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހަމަހަމަ އުސޫލުތަކެއް ގެންގުޅޭ ޕާޓީއެއް: އަހްމަދު އަބްދުއްﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހަމަހަމަ އުސޫލުތަކެއް ގެންގުޅޭނެ ޕާޓީއެއް ކަމަށް ބާަރަށުދާއިރާގެ މެންބަރު އަހްމަދު އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

”ސަންގުޓީވީ“ ގެ ހަބަރަށް ފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ދުރުގަ ތިބޭ އިދިކޮޅު ޕާޓީ ތަކުން އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުންތައް އުފައްދަން އެކި ކަހަލަ ހަޤީގަތާ ޙިލާފު ވާހަަކަތައް ފަތުރަމުންގެންދާ ކަމަށެވެ.

އަހްމަދު އަބްދުއްﷲ ވިދާޅުވީ އެމްޑީޕީ މެންބަރުންނަށް ކޮންމެ މަޤާމަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ދޭކަމަށެވެ. ހަޤީގަތައް ބުނާނަމަ އެމްޑީޕީ އަކީ ޕާޓީއެއްކަމާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ރައީސް ނަޝީދު އަކީ، އެމްޑީޕީ އަށް ނިސްބަތްވާ ދެބޭފުޅުންނަށް ވީތީ ޕާޓީގެ އުސޫލުތައް ހިނގާނީ ހުރިހާ މެންބަރުންނަށް ވެސް އެއް އުސޫލެއްގެ ދަށުންކަން އަހްމަދު އަބްދުﷲ ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިހާބަށް އިޝާރާތް ކުރައްވައި އަހުމަދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީގެ ގުރޫޕުގެ ކޮންމެ ބޭފުޅަކަށްވެސް ރައީސް ކަމަށް ނޫނީ ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. ގަދަބާރުން ޕާޓީގެ މެންބަރުންލައްވާ ވަކި މީހަކަށް ސަޕޯޓުކުރާތީ އެ ފުރުސަތު ނިގުޅައި ނުގަންނާނެކަންވެސް އަހްމަދު އަބްދުﷲ ގެ ވާހަކަފުޅުގައި ފާހަގަ ކޮއްލެއްވިއެވެ. އެގޮތުން ޕީޖީ ލީޑަރު ކަމަށް ނޫނީ ޑެޕިއުޓީ ލީޑަރުކަމަށް އެމްޑީޕީގެ ކޮންމެ މީހަކަށް ލިބުންކަމުގައި ވީނަމަވެސް އެކަމުގައި އެއްމެންބަރަކު އަނެއްމެންބަރަކަށް ހަސަދަލައިގެން ނޫޅޭނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޕާޓީ ތެރޭ،  މެންބަރުންނަށް އެކި މަޤާމުތަކުން ފުރުސަތު ދިނުން މުހިންމުކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވިފައިވާކަމާއި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ކެންޕެއިން ކުރުމާއި، އެއްމެންބަރަކު އަނެއްމެންބަރަކާ ވާދަ ކުރެއްވުމުގެ މިނިވަންކަން އޮންނާނެކަމަށް އަހްމަދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: