ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓްގެ ހަރަކާތަކީ ނާތަހުޒީބީ ކަމެއް: އަހްމަދު އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް މި ހަރަކާތަކީ ނާތަހުޒީބީ ކަމެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ސިފަކުރައްވައިފިއެވެ.

”ސަންގު ޓީވީ“ގެ ހަބަރަށް ފަހުގައި ވާހަކަ ދައްކަވަމުން މެމްބަރު އަހްމަދު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބި ކަމަށް ބުނެ ކުރާ ތުހުމަތުތަކާއި ގުޅިގެން ސުވާލުކުރުމުންނެވެ.

އަހްމަދު ވަނީ އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ތިބި ނަމަ ތިބީ ކޮންތަނެއްގައިތޯ ކަމާއި މިކަމާއި ގުޅޭ އެއްވެސް ހެތްކެއްލިބިފައިވޭތޯ ސުވާލު އުއްފައްދާފައެވެ. އަދި އޭނާއަށް އިންޑިއާގެ އަސްކާރިއްޔާ އިން އެފަދަ ގޮތަކަށް ރާއްޖޭގައި ހަރަކާތް ތެރި ވަމުން ދާކަން އެނގިނުލައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރާއްޖެއިން ކުޑަ ތަންކޮޅެއްވެސް އެހެން ގައުމެއްގެ ނުފޫޒުގެ މައްޗަށް ދޫކޮށް ނުލައްވާނޭކަމަށް ވިދާޅުވިއެވެ. މި ގައުމުގެ ސިޔާދަތަށް ގެއްލުންވާނޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނޭ ކަމުގައި އަހްމަދު ވަނީ ޔަގީންކަމާއިއެކު ވިދާޅުވެފައެވެ.

”އިންޑިއާ އައުޓް“ މިހަރަކާތަކީ އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާކަމަށް ބުނެ ކުރިއަށް ގެންދާ ކެމްޕެއިން ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއެކު ވަނީ އިތުރަށް ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރަށް ރަށުގައި ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އެއްވެސް ގޮތަކަށް އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރަކާތެއް ނޫންކަމާއި މިއީ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިހަރަކާތް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވާ ކުރިއަށް ގެންދަނީ ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައިކަމަށްވެސް އިދިކޮޅުން ބުނެއެވެ. ނަމަވެސް ސަރުކާރުގެ މެންބަރުން މި ހަރަކާތް ސިފަކުރަނީ ގައުމަށް އޮތް ލަދުވެތިކަމެއްގެ ގޮތުގައެވެ.

އެހެން ގައުމުތަކުގެ ރައްޔިތުންނާއި މިފަދަ ގޮތަކަށް ދިމާކޮށް އެގައުމުގެ ރައްޔިތުންނަށް ބިރު ދައްކާ ޖެއްސުން ކޮށް، މަގުމަތިން އެމީހުނަށް ގޯނާކޮށް މިބާވަތުގެ ދަށު ދަރައިގެ އަމަލު ހިންގުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމުގައި އަހްމަދު ވަނީ އޭނާގެ ވާހަކައިގައި ފާހަގަ ކުރައްވާފައެވެ. އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތުން ރާއްޖެ ދޫކޮށް ދިޔުމަށް މަސައްކަތްކުރިކަމަށްވެސް ސަރުކާރުން ފާހަގަކުރިއެވެ. މިއީ ވިހަ ކެމްޕެއިނެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރިއެވެ.

މިފަދަ ކަންތައް ކުރެވިގެން ނުވާ މިންވަރަށް ތަހުޒީބު ވިސްނުން ބަހައްޓާ ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކުގެ މީހުނާއެކު އުޅެން ދަސްކޮށް، އުޅެވޭނެ ބަޔަކަށް ވާން ޖެހޭ ކަމުގައި މެމްބަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: