ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އާ ދިމާލަށް ވަގަށްގޮވާ މީހުން ސަރުކާރުގެ ވަޒީފާތަކުގައި އެބަތިބި: އަމީރު

މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނަށް ސަރުކާރަށް ނުފޫޒު ހިންގާ ވާހަކަ ދައްކާއިރު ،  ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓް މިނިސްޓަރުންނާއި އާންމު މެމްބަރުންނާއި ދިމާލަށް ވަގަށް ގޮވާ މީހުން ސަރުކާރުގެ ވަޒީފާގައި އެބަތިބި ކަމަށާއި ނަމަވެސް އެބޭފުޅުންގެ މައްޗަށް ނުފޫޒު ނުހިންގަވާ ކަމަށް  ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަން އިންތިހާބުގެ ތާރީހް ބަފަލު ކުރުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެން އަމީރު ވިދާޅުވީ  ސަރުކާރުގެ ވަޒީފާތަކުގައި ރައީސް ސާލިޙް އަށާއި ކެބިނެޓް މިނިސްޓަރުންނަށް ވަގަށް ގޮވާ ބޭފުޅުން ތިއްބެވި ކަމަށާއި ނަމަވެސް އެބޭފުޅުން ވަޒީފާއިން ވަކި ކުުރުމަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

”އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ވެގެން އަޅުގަނޑުމެން ސަރުކާރުގަ ތިބެ މިހާރުވެސް ނުފޫޒު ހިންގާ ވާހަކަ ދައްކާއިރު، މިހާރުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާތަކުގައި އެބަތިބި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓް މިނިސްޓަރުންނަށާއި އަދި އެމްޑީޕީގެ އެތައް މެމްބަރުންނަށް ވަގަށް ގޮވާ ހަޑިބަހުން ވާހަކަ ދައްކާ މީހުން. އެކަމު ހަމަ އެވަޒީފާގައި  އެބަތިބި! އެކަމަކު ނުފޫޒެއް ނުހިންގަވާ“ އިބްރާހިމް އަމީރު

ގައުމީ މަޖިލީހުގައި އަމީރު ވިދާޅުވީ އެމްޑީޕީގެ ދާއިރާ ތައް ނުހިނގާކަމަށާއި ދާއިރާ ތައް ނުހިނގާ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އުނދަގޫ ވާނެ ކަމުގައެވެ. އޭގެ އިތުރުން އެމްޑީޕީ އާއި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރުގަދަކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ޗެއަރޕާސަންކަމަށް އިންތިހާބު ކޮށްގެން ކަމަށް އަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް ޕާޓީ ތެރޭގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އަމީރު ވިދާޅުވީ އަސްލު އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން މިއަދު ފާހަގަކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރިކަމަށެވެ.

އެގޮތުން  2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލިއިރު ހުންނެވީ އެމެރިކާގައި ކިޔަވަން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ އެދުވަހު  އެކަމާ ވަރަށް ދެރަވި ކަމުގައި އަމީރު ވިދާޅުވިއެވެ. 2013 ވަނަ އަހަރު އެމްޑީޕީ އާ ގުޅި ސިޔާސީ ހަރަކާތުން ފުރަތަމަ ވެސް ވަނީ އެމްޑީޕީ އަށް ކަމުގައި އަމީރު ވިދާޅުވިއެވެ. އެހެންކަމުން އެބޭފުޅާ އަސްލު އެމްޑީޕީ މެމްބަރަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައި އަމީރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު 2013 ވަނަ އަހަރުން ފެށިގެން ވެރިކަމާހަމައަށް އަންނަންދެންވެސް ކުރި ކޮންމެ މުޒާހަރާ އެއްގައި ބައިވެރިވެފައިވާނެ ކަމުގައި އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން 2013 ވަަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯ ހެދުމުގައި ވަރަށް ބޮޑަށް ބައިވެރިވެފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ވުމާއެކު އަސްލު އެމްޑީޕީ ނޫން އެމްޑީޕީގެ ވާހަކަ އަކީ  ހަގީގަތުގައި އެމްޑީޕީ މެމްބަރުންނަށް އޮޅުވާލުމަށްޓަކައި ދައްކާ ވާހަކައެއް ކަމުގައި އަމީރު ވިދާޅުވިއެވެ.

މިއަދު ދައްކަންވީ ވާހަކަ އަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ގޮތުގެ ވާހަކަ ކަމަށެވެ. ނަމަވެސް މިއަދު މިއޮތް ދެބަސްވުމާއި ހަމަނުޖެހުން ތަކާއެކު  ރިޔާސީ އިންތިހާބާއި ހަމައަށް ގޮސްފިނަމަ ކާމިޔާބު ނުކުރެވިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ދައްކަންވީ ވާހަކައަކީ އެމްޑީޕީގެ  ސަރުކާރެއް އޮވެކޮވިޑް މެނޭޖްކުރި ގޮތުގެ ވާހަކަ ކަމުގައި އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ކޮވިޑް19 އެމްޑީޕީ ސަރުކާރު މެނޭޖް ކުރި ގޮތުގެ ވާހަކަ ނުދައްކާ ކަމަށެވެ.

ހ.އ އިން ފެށިގެން ސ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެމްޑީޕީގެ އާންމު  މެމްބަރުންނާއި ބައްދަލުކޮށް ދެކެވުނު ވާހަކަ ތަކުގައި ރާއްޖޭގައި މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރުކާރުތަކުން ކުރި ޕީއެސް އައިޕީ ޕްރޮޖެކްޓް ތަކަށް ވުރެ ގިނަ ޕްރޮޖެކްޓް ތައް ހިނގާފައިވާ ކަން ފާހަގަކުރެވިފައިވެއެވެ. މިސަރުކާރުގެ ޕްރޮޖެކްޓްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިލި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާތަން ފެނިގެންދާ ކަމުގައި އަމީރު ވިދާޅުވިއެވެ. އަދި އެ ހުރިހާ މަޝްރޫއުއެއް ހިންގާފައިވަނީ  ކޮވިޑާއި އެކު މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް ރާއްޖެ އަށް ނާންނަ ވަރުގެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ދުވަސްވަރަކު ކަމުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: