ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިންނެއް ނެތް: ޑިފެންސް

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ އދ.މަހިބަދޫގައި ބޭއްވި ”އިންޑިއާ އައުޓް“ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ހަތިޔާރެއް ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުވަމުން ދީފައިވާ ކަމަށާއި ބޭނުން އަދަދަކަށް ހަތިޔާރު ގެނައުމުގެ ފުރުސަތު އިންޑިއާ ސިފައިންނަށް އެބައޮތް ކަމަށެވެ.

ޔާމީންގެ މި ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށާއި އަދި އުތުރުތިލަފަޅުގައި ތަރައްގީކުރާ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރާއެކު އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެ އަށް އައުމުގައި ދިވެހި ދައުލަތުގެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން އެމްއެންޑީއެފްގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ބުނެ ޔާމީން ދެއްކެވި ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.

މީގެއިތުރުން އުތުރުތިލަފަޅަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަމަށް ސިފަކޮށް ޔާމީން ދެއްކެވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ސިފައިންގެ ގާބިލުކަން އިތުރުކުރަން ތަރައްގީ ކުރާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ވަނީ ގައުމުގެ އަމާންކަން ގެއްލުވާލާ، ސިފައިންގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: