ރައީސް އިބްރާހިމް މުހަމައްމަދު ސޯލިހު އައްޑޫ އަށާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އެ ތާރީހު އަދި ރައީސް އޮފީހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމަށާއި އަދި އެހެން ބައެއް މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް އެންމެ ފަހުން އައްޑޫ އަށް ވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ.

