ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުނައްޑޫގައި ގާއިމްކޮށްފައިވާ ކާރުހާނާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ނަފާވާނެތަނަކަށް ވެގެންދާނެ: ސަރުކާރު

ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ފުނައްޑޫގައި ގާއިމްކޮށްފައިވާ ކާރުހާނާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ނަފާވާނެ ތަނަކަށް ވެގެންދާނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އެ ދާއިރާގެ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ފުނައްޑޫގެ މަސް ޕްރޮސެސްކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ހިނގާފައި ނުވާތީ އެކަމާއި ގުޅިގެން ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވައި ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފުނައްޑޫ އާއި މެދު ސަރުކާރުގެ ވިސްނުމަކީ ރަށުގައި މަސްގަނެ ޕްރޮސެސްކުރާ ފެސިލިޓީ އާއި ރަށުގެ ބަނދަރު އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. އަދި އެކާރުހާނާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ އަދި ނަފާވާ ކާރުހާނާ އަކަށް ބަދަލުކުރުން ކަމަށެވެ. އަދި ފުނައްޑޫގައި ހިންގާ ކާރުހާނާގެ ސަބަބުން މަސްވެރިންނަށް ހާއްސަކޮށް ކޮޅުމަޑުލު ގެ މަސްވެރިންނަށް އިތުރު ފަސޭހަ އާއި ތަނަވަސްކަމާއި ނަފާ ލިބިގެން ދިއުން ކަމުގައެވެ.

ހަސަން ވިދާޅުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ތިމަރަފުށީ ރައްޔިތުންނާއި އެކު ބޭއްވުނު ބައްދަލުވުމުގައި ފުނައްޑޫގައި މަސް ޕްރޮސެސް ކުރުމަށް ގާއިމްކޮށްފައިވާ ކާރުހާނާގެ މަސައްކަތް ހުއްޓިފައިވާތާ ގިނަދުވަސްތަކެއް ވެފައިވާ ކަމަށާއި އެތަނުން މަސްގަތުމުގެ ހިދުމަތް މިފްކޯ މެދުވެރިކޮށް އަލުން ފެށޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ތިމަރަފުށީ މަސްވެރިން ނާއި ވިޔަފާރިވެރިން ވަނީ އެދިފައެވެ. ރައީސްގެ ދަތުރުފުޅަށްފަހު 2021 އޮގަސްޓް 29 ގައި ރައީސްއޮފީހުން މިނިސްޓްރީއަށް ފޮނުއްވި ސިޓީގައި މިފްކޯ އަށް ފުނައްޑޫ ހިންގިދާނެތޯ ބެލުމަށް ފީޒިބިލިޓީ އެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށް ވަނީ އަންގަވާފައެވެ. އެކަމާއި ގުޅިގެން މިނިސްޓްރީން ހުށައެޅި ފީސިބިލިޓީ ސްޓަޑީއާއި މެދު 2021 ޑިސެމްބަރު 15 އަދި 27 ގައި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ވަނީ ފުނައްޑޫގައި ގާއިމްކޮށްފައިވާ ކާރުހާނާ ބޭންކް އޮފް މޯލްޑިވްސް އިން ވިއްކާލުމަށް ނިންމާފައިވަނިކޮށް ސަރުކާރުން އެތަން ގަތުމަށެވެ.

ސަރުކާރުގެ ނިންމެވުމާއި ގުޅިގެން ބީއެމްއެލް އާއި މިފްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފުނައްޑޫގައި ގާއިމްކޮށްފައިވާ ކާރުހާނާ އާއި ކާރުހާނާއަށް މަސްގަނެ ޕްރޮސެސްކޮށް ވިއްކުމާއި ބެހޭ އެންމެހައި ހައްގުތައް 2022 މާޗް 6 ގައި މިފްކޯއަށް ވަނީ ގަނެފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެރަށާއި އެރަށުގައިވާ  ހުރިހާ މުދަލެއްވެސް ވަނީ މިފްކޯއަށް ބަދަލުވެފައި ކަމުގައި ވިދާޅުވެ ހަސަން ވަނީ އެމައްސަލަ އިތުރަށް ތަފްސީލްކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: