އުރީދޫގެ ފަރާތުން ކަނޑޫދޫ މިރުހަށް ހާއްސަކޮށްގެން ކެމްޕޭނެއް ލޯންޗް ކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ވެސް ތަފާތު އެކި ޕްރޮމޯޝަންތަކާއި، ކެމްޕެއިން ހަރަކާތްތައް ގެންދާ އުރީދޫއިން މިފަހަރުގެ ޕްރޮގްރާމް ހާއްސަ ކުރީ ދިވެހި ސަގާފަތަށެވެ. ތަފާތު އެކި ވީޑިއޯތައް ވެސް ސަގާފަތާއި ގުޅުވައި އާއްމު ކުރާ އުދީދޫން މި އަހަރުގެ ޕްރޮގްރާމް ހާއްސަ ކުރީ ކަނޑޫދޫ މިރުހަށެވެ.
މާލޭގެ ބިޒްނަސް ސްކޫލުގައި ހުންނަ މެންހަޓަންގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފެވެ. ރަސްމިއްޔާތުގައި ސީއީއޯ ހަލިދު އަލް ހަމަދީ އާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކެމްޕެއިން ލޯންޗު ކުރެއްވުމަށް ފަހު ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލީ ކަރާ ނަމަވެސް ގޭތެރޭގައި އެންމެ ގިނައިން ހިނގާ އެއް ބާވަތަކަށް ފަހަކަށް އައިސް ވެފައި ވަނީ ކަނޑޫދޫ މިރުސް ކަމަށެވެ. އަދި ބާޒާރުގައި ކަނޑޫދޫ މިރުސް ލިބެން ހުރި އަގާއި އެއަށް އޮތް ޑިމާންޑަށް މީޑިއާތަކުގެ ސަމާލުކަން ހުއްޓޭކަން ވެސް ފާހަގަ ކުރެއްވި އެވެ. މި ފަހަރުގެ ރޯދަ މަސް ކަނޑޫދޫ މިރުހަށް ހާއްސަކުރީ ތަފާތު ވިސްނުމެއްގެ ތެރެއިން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ކަނޑޫދޫ މިރުސްގެ ނަމުގައި ކެމްޕޭނަށް ނަން ދީފައިވަނީ ޒަމާން ބަދަލުވުމާއެކު ކަޓްޗިލީ ގެ ޓްރެންޑް އައިސްފައިވާ ކަމަށެވެ. ވުމާއެކު ރޯދަމަހު ކަރާގެ ބަދަލުގައި ކުޅި ކެއުމަކާއި އެކު މިރުސް ގެންނައިރު އެ މިރުހުގައި ކުޅިރަހަ ނުދޭ ނަމަ އެ މިރުހަކީ ކަނޑޫދޫ މިރުހަށް ވެގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭންގައި އުރީދޫގެ ފަރާތުން ރޯދަމަހަށް ހާއްސަކޮށް ބޮޑެތި ޑޭޓާ އެލަވަންސްގެ އިތުރުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންތަކުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.
އެގޮތުން ގޯޑްމޯނިން މޯލްޑިވްސްގެ ނަމުގައި އަރާއި އިރާއެކު ހިލޭ އެއްޖީބީ ޕެކޭޖާއި ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި އުރީދޫގެ ކޮންމެ ހިދުމަތެއް އެކްޓިވޭޓް ކޮށްލައްވައިގެން ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އެކުލެވޭ ހަފްތާއަކު 10 މީހަކަށް 100 ޖީބީ ޑޭޓާ އަދި ދެމީހަކަށް ހައްޖު ދަތުރެއް ލިބޭ އެ ޕްރޮމޯޝަންގައި އުރީދޫގެ ކޮންމެ ކަސްޓަމަަރަކަށް ބައިވެރިވެވޭނެ ކަމުގައި އެކުންފުނިން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ސުޕަރނެޓްގެ އާ ކަނެކްޝަނެއް ނުވަތަ ބޭނުންކުރަމުންގެންދާ ޕެކޭޖް އަޕްގްރޭޑް ކޮށްގެން އިތުރު 300 ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް އުރީދޫއިން މިއަދު ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

