ހުޅުމާލެ ޓްރެކް ސަރަހައްދުގައި އޮއްވާ ފެނުނު ޒުވާނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބުނެފައިވަނީ ހުޅުމާލެ ފަޅުތެރެއިން ހޭނެތިފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އޭނާއަަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ މީހާ ފެނިފައި ވަނީ ރޭ 1:35 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ މޫދަށް ވެއްޓުނު ސަބަބެއް ސާފެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދަނީ ފުލުހުން އެ މީހާ މޫދުން ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ. އެއީ ގާތްގަނޑަކަށް އުމުރުން 28 ނޫނީ 29 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

