ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ފަސްކުރަން ގޮވާލާ މަޖިލީހަށް މައްސަލައެއް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ރަމަޟާން މަހު ނެގުން ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފްގެ މައްސަލާގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށްޓެވި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވިފައިވާ ހިޔާ ފްލެޓްތައް މި ސަރުކާރުން މީހުންނާ ޙަވާލުކުރިއިރު އެންގިގޮތަށް ތިން މަސް ދުވަހުގެތެރޭގައި އެތަންތަނުގައި ދިރިއުޅެން ފެށޭތޯ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ފްލެޓްތައް ޙަވާލުކުރިއިރު ފިނިޝިންގ ނުނިންމާ ހުރުމުގެ ސަބަބުން އެ ތަންތަން ލިބުނު ގިނަ ފަރާތްތަކުން ވަނީ ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައި، އެ ދަރަނިތައް ބޮލުގައި އަޅަންޖެހިފައިކަމަށްވާތީއާއި، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ޤާއިމުކުރެވިފައިނުވާއިރު، އެހެން ލޯނެއް ލިބޭނެ އިންތިޒާމެއް އެފަރާތްތަކަށް ހަމަޖައްސައިދެވިފައި ނެތްކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމަށްފަހު، މާލީގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ބަރަކާތްތެރި ރަމަޟާންމަސް ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީގޮތުން ގިނަގުނަ ދަތިތައް ކުރިމަތިވެފައިވާތީއާއި، އަދި ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން އެޗްޑީސީން ނިންމުމަކީ އިތުރު ތަކުލީފުތަކެއް ކުއް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ކަމަކަށްވާތީވެ، ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ވަނީ މިމައްސަލާގައި ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: