ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައަށް ދިޔަ ދިވެހި އާއިލާގެ ބަންދަށް އިތުރު 8 މަސް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިގެން ރާއްޖެ ގެނައި ދިވެހި އާއިލާ އިތުރު 8 މަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މި މީހުން ބަންދުގައި ބައިތިއްބައް ނިންމާފައިވަނީ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައެވެ. އެ އާއިލާ ބަންދުކުރި މުއްދަތު މިއަދަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 8 މަސް ވަންދެން ރީހެބިލިޓޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އާއިލާ ރާއްޖެ ގެނައި މިދިޔަ މަހުގެ 11 ގަ އެވެ. އޭގައި ތެރޭގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަންހެންމީހާ ކުރިން އުޅެފައި ވަނީ ސީރިޔާގެ އިދްލިބްގަ އެވެ. އަދި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: