ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑު އަތޮޅުގެ ޓުއަރިޒަމް ފުޅާ ކުރުމަކީ ޒަމާނުއްސުރެ އެއަތޮޅުގެ ރައްޔިތުންގެ ހުވަފެނެއް: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑު އަތޮޅުގެ ޓުއަރިޒަމް ފުޅާ ކުރުމަކީ  ޒަމާނުއްސުރެ އައްޑު އަތޮޅުގެ ރައްޔިތުންގެ ހުވަފެނެއް ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައެޅުއްވި ފަތުރުވެރިކަމުގެ ގާނޫނަށް ހުށައަޅާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑު އަތޮޅު ވިލިނގިލި ހެދުމަށް ކުރީގެ ސަރުކާރުން އިންކާރު ކޮށްފައި ވަނިކޮށް ތިން ފަހަރު މަޖިލީހަށް ގަރާރު ހުށައަޅައިގެން އައްޑު އަތޮޅަށް ޓޫރިޒަމް ގެނެވޭތޯ މަސައްކަތް ކުރެއްވީ އޭނާ ކަމުގައެވެ. އަދި ވިލިނގިއްޔަކީ ޝަރީފްގެ ހިތާއި ވަރަށް ގާތް ގުޅުމެއް އޮތް ތަނެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޓޫރިޒަމަށް ކުއްޔަށް ދީފައި ހުރި ރަށްރަށުން ކުލި ކުޑަކުރަން ޖެހޭ ސަރަހައްދު ތަކުން ކުލި ކުޑަކުރަން ޖެހޭ ހާލަތް ތަކުގައި އެކަން ކުރަންޖެހޭނެ ކަމަށެވެ. ސަބަބަކީ ދުނިޔެ މިއޮތީ ޕެންޑަމިކްގެ ތެރޭގައި ކަމަށާއި ދެ އަހަރު ދުވަހުން އަރައިނުގަނެވި އުޅެނިކޮށް އަނެއްކާ ދުނިޔެ މިއޮތީ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ތެރޭގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ފަގީރުވާން ފަށާފައިކަމަށެވެ. އަދި އިންފްލޭޝަން އިންތިހާއަށް މައްޗަށް ދާން ފަށައިފި ކަމަަށާއި ދުނިޔޭގައި މުދާ ޑިސްޓްރިބިއުޓް ކުރުމަށް ހުރަސް އެޅިގެން ހިނގައްޖެ ކަމަށެވެ.

ފެނާއި، ތެލާއި ހަކަތަ ދުނިޔޭގެ ބާޒާރުގައި އެތަށް ގުނައަކަށް ބޮޑުވެއްޖެ ކަމަށާއި ފަތުރުވެރިން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުން މަދުވެއްޖެ ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ ވެސް މީހުން އަތްފޯރާ ފަށުގައި އޮތް އިންޑަސްޓްރީ އަކަށް ހަދައިގެން ނޫނީ ހާސިލްކުރަން މިއުޅޭ ލަނޑުދަނޑި ހާސިލް ނުވާނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ދުނިޔޭގައި ގައުމުތައް ފުނޑިގެން ދިޔަ ގޮތަށް ރާއްޖެ މުޅިން ފުނޑިގެން ނުގޮސް އޮތީ  ސަރުކާރުން ވަރަށް ހަރުދަނާ ސިޔާސަތު ތަކެއް ތަންފީޒު ކުރީތީ ކަމުގައެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އަށް ވުރެ ގައުމުގެ ހަރަދު ބޮޑު ކަމަށެވެ. 2020 ވަނަ އަހަރު ދިވެހި ރާއްޖެއަށް 15 ބިލިއަނަށް ވުރެ މަދުން ރުފިޔާ ލިބުނު އިރު، 30 އެތަށް ބިލިއަން ރުފިޔާ ބަޖެޓް ހިންގަން ޖެހުނު ކަމަށެވެ.

ހަރަދު ކުރެވުނީ ރަައްޔިތުންގެ ބަނޑުފުރައި މުއްތި ކުރުމަށާއި، ސިއްހީ ކަންކަމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަވައްޓެރި ބައެއް ގައުމު ތަކުން އުޅެނީ ތެޔޮވެސް އެތެރެކުރެވޭނެ ގޮތްވެސް ނެތިގެން ކަމަށާއި މަދަރުސާގެ ފޮތް ފަންސުރު ގަންނާނެ ލާރިވެސް ނެތިގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ އައްޑު އަތޮޅު ރައްޔިތުންނަކީ ޒަމާނުއްސުރެ ޓޫރިޒަމް ނަގާ ކޮޅަށް ޖެހުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރިބައެއް ކަމުގައެވެ. ވުމާއެކު ގާނޫނު އިސްލާހު ކުރުމުގައި އައްޑޫގައި ހިމެނޭ ވިލިނގިލި އަދި ހެރެތެރެ އާއި އެކުގައި އަލަށް އާބާދު ކުރާ ތަންތަނާއި އެކު ހިއްކޭ ފަސް ފަޅުރަށުގައި ރިސޯޓް ތަރައްގީކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ޝަރީފް ހުށައެޅުއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: