ރާއްޖެއަށް މީހުން ޓްރެފިކްކޮށް އެ މީހުން ލައްވާ ހަށި ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަށިވިއްކުވި މައްސަލައެއްގައި ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމް އިއްވީ 2019 ގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ މޮނީރު އަދި ސިއްދީކް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
ދެ މީހުންނަށް ވެސް އުފުލީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ރާއްޖޭގައި މީހަކު ލައްވާ ހަށި ވިއްކުމުގެ ކުށުގެ ދައުވާ އެވެ. ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވީ 15 އަހަރުގެ ހުކުމެކެވެ.
ހައްޔަރު ކުރި ދުވަހުން ފެށިގެން ބަންދުގައި ދެ އަހަރު ދުވަސް ހޭދަކޮށްފައި ވާތީ އެ މީހުންގެ ހުކުމް ގުނާނީ ބަންދުގައި ތިބި ދުވަސް އުނި ކުރުމަށް ފަހު އެވެ.

