ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ނަރުދަމާގެ ރިޔާސީ ވައުދު ދަނީ ފުއްދަމުން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނާއި ނަރުދަމާ ނިޒާމް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކުރުމަކީ ރިޔާސީ ވައުދެއްކަމަށާއި އެވައުދު ސަރުކާރުން ފުއްދަމުންދާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ފެނާއި ނަރުދަމާ އަކީ ގާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ހަރަދުތަކެއް ހިނަގާ ކަމަށާއި އެ ހަރަދުތައް ކުރުމަށް ރައްޔިތުން އަތުން ޓެކްސް ފައިސާ ނަގައިގެން ފެނާއި ނަރުދަމާ ގާއިމްކޮށް އެ ހިދުމަތް ހިލޭ ދިނުމުން އެކަމަށް ހަރަދުވި ފައިސާ ހޯދަނީ ކޮންތާކުންތޯ ރޮޒެއިނާ ސުވާލުއުފައްދަވާފައެވެ.

އެކަންކަމަކީ ވާހަކަ ދައްކާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް ކަމަށާއި އަދި ސަރުކާރާއި ދޭތެރޭ ހިތްހަމަ ނުޖެހުނޭ ކިޔާފައި ރައްޔިތުން ވަރަށް އުފާވާނެ ކަމަށް ދެކިގެން ކަރަންޓާއި ފެނާއި ނަރުދަމާ ދޭން ޖެހޭނީ ހިލޭ ކަމަށާއި ކާން ބޯން ދޭން ޖެހޭނީ ހިލޭ ކަމުގައި ބުނިނަމަވެސް އެކަން އެހެން ނުވާނެ ކަން ރައްޔިތުން ވިސްނާލައިފިނަމަ އެގޭނެ ކަމުގައި ރޮޒެއިނާގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

މިސަރުކާރު އައުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމް ކުރެވިފައި އޮތީ 35 ރަށުގައި ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ މިފަސް އަހަރު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުން ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ 35 ރަށެއްގައި ނަރުދަމާ އެޅިކަމަށް ކުރީގެ ސަރުކާރުތަކުން ބުނިކަމުގައި ވީނަމަވެސް އެކަމަނާގެ ދާއިރާގައި ނަރުދަމާ އެޅިގޮތް އެނގިވަޑައިގަންނަވާނީ ހުދު އެކަމަނާއަށް ކަމުގައިވިދާޅުވިއެވެ.

ރޮޒެއިނާގެ ވާހަކައިގައި ރާއްޖޭގެ ތާރީހުން ފެންނަށް އޮތީ އެންމެ އިސްކަންދޭން ޖެހޭ ކަންކަން އޮތީ ނުކުރެވި ކަމަށާއި އެކަމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެ ކުރިން ގާއިމްކުރި ފެނާއި ނަރުދަމާގެ ފެންވަރު ދަށްކަން ހާމަކުރައްވަމުން ރޮޒެއިނާ ވިދާޅުވީ މަގު ހަދަން ގޮސް ބަލައިލިއިރުގައި ފެނާއި ނަރުދަމާ ޖެހުނީ އަލުން އަޅަން ކަމަށެވެ. އަދި ދެހޮޅި އެއްވާ ތަން ހުރީ ނުބައްދާ ކަމަށާއި ފެން ދޫކޮށްލުމާއެކު އެތަން މިތަނުން ފެން ލީކުވެގެން ނުކުންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުދީ ފެން ދޫކޮށްލުމާއެކު އެއްޗިހި އެއްޗިހި ބިންދައިގެން ދާ ކަމަށާއި މަގުހަދާ ބޭފުޅުން ރަށަށް މަގު ހެދުމަށް އައިސް ޖެހުނީ މަގު ހެދުމުގެ ބަދަލުގައި އަލުން ބަލުން ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރަން ކަމުގައެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްުޔޫމަށް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ އެބޭފުޅުންނަށްވެސް ފަނަރަ ބުރިއަށް ގެ ވެސް ނެގިދާނެ ކަމަށާއި ބުރިޖު އަޅާ ވާހަކަ ދެއްކިދާނެ ކަމަށާއި އަދި ބުރިޖު ވެސް އެޅިދާނެ ކަމަށާއި އަދި ފަނަރަ ބުރިއަށް ގެވެސް ނެގިދާނެ ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ނަމަވެސް އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާ ނެތުމުން ވާ އުނދަގޫ އެނގޭނީ އެރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

އެކަން ދެނެގެން އެކަން ކުރަން ބަޔަކު އުޅުމުން އެތެރޭންނާއި ބޭރުން ބަޔަކު ކަންބޮޑުވެގެން އުޅޭތީ ވަރަށް ކަންބޮޑުވާ ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: