ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް އިންތިހާބު ކާމިޔާބު ކުރުމުން ބޮންޑެ މަރުހަބާ ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރިކަމާއި އެކު ކުރިޔަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކާމިޔާބު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަރުކާރުގެ ކުންފުނިތަކާއި، ކުންފުނީގެ މޭޖިން ޑިރެކްޓަރުންނަށް ބަހުގެ ހަމަލާތައް ރައްދުކޮށްފި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކޮށް ފައްޔާޒް އިންތިހާބު ކާމިޔާބު ކުރީ 28،544 ވޯޓާއި އެކު އެވެ. އިންތިއަށް ލިބިވަޑައިގަތީ 20،872 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓުލާން ނިކުތް އަދަދުން ޖުމްލަ 42 އިންސައްތަ އެވެ.

ނުފޫޒާއި ބާރުގެ ބޭނުންކޮށް ފައްޔާޒް ކެމްޕެއިން ކުރާކަމުގެ ތުހުމަތުތަކެއްކޮށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންތިގެ ޓީމުން ބުނަމުން އައީ ވޯޓު އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާތައް އިތުރު ކުރުމާއި، އެ މީހަކު ތާއީދު ކުރާ ކެނޑިޑޭޓެއްގެ ސަބަބުން ވަޒީފާއިން ވަކި ކުރުން، ނުވަތަ ކުރިއެރުން ނުދީ ހިފެހެއްޓުން ފަދަ އެތައް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ފައްޔާޒް ވަނީ އެކަން ދޮގުކޮށް ބާރުގެ ބޭނުންކޮށް އޭނާ ހިންގި އަމަލެއް ދައްކައި ސާބިތު ކުރުމަށް ގޮވާލާފަ އެވެ.

ނަތީޖާ ގަބޫލުކޮށް އިންތި ޓްވީޓެއް ކުރެއްވުމާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފައްޔާޒަށް މަރުހަބާ ވިދާޅުވި އެވެ. އަދި އިންތިގެ ޓީމުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، އިންތިހާބުގައި އިންތިގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ޓްވީޓެއް ކުރެއްވި އެވެ.

ފައްޔާޒަށް އަމާޒުކޮށް ބޮންޑެ ކުރި ޓްވީޓުގައި މަރުހަބާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށާއި، މެނޭޖިން ޑިރެކްޓަރުންނަށެވެ. ބެލެވޭ ގޮތުގައި ފައްޔާޒް މިހެން ވިދާޅުވީ ކުންފުނިތަކުގެ އިސް ވެރިންތައް ފައްޔާޒްގެ ކެމްޕެއިނުގައި ބައިވެރިވެފައިވާތީ އެވެ. އަދި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން، ވަޒީފާތައް އިތުރު ކުރިކަމުގެ ތުހުމަތު ތަކުރާރު ކުރުމުގެ ގޮތުންނެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވެގެން ދިޔަ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މި މައުޟޫއަށް ވަރަށް ބޮޑަށް ބަހުސްތައް ކުރެވުނެވެ. ވަޒީފާތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ، ވައްޑެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އެކަމުގެ ބަހުސްތަކެއް ކުރިޔަށް ދިޔަ އެވެ.

އެމްޑީޕީ އިންތިހާބުގެ އެއް ދުވަސް ކުރިން ”ސަންގު ޓީވީ“ ގެ ޚަހަބަށްފަހު ޕްރޮގްރާމުގައި އީވާ ވެސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވެރިން ރޭގަނޑު ރަށްތަކަށް ދަތުރު ކުރަނީ ވަޒީފާތައް ކިހިލީގައި ޖަހައިގެން ކަމަށެވެ. އޭގެ އިތުރުން ”ސަންގު ބަހުސް“ ގައި އިންތި ވެސް ވަނީ ފައްޔާޒްގެ ބާރުން ”ހާހުން“ ވަޒީފާތައް އުފެއްދިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައްދުގައި ފައްޔާޒް ވިދާޅުވީ، ހާހުން ވަޒީފާ އުފެއްދިކަމަށް ބުނުމަކީ ވެސް ޖޯކެއް ކަމަށެވެ.

ފައްޔާޒް އިންތިހާބު ކާމިޔާބު ކުރިތާ 24 ގަޑިިއިރު ވާން ކައިރިވެފައި ވަނިކޮށް ޓްވީޓެއް ކުރައްވައި ރައީސް ނަޝީދު ވަނީ ފައްޔާޒަށް ތައުރީފު ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީ އަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އެމަނިކުފާނު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: