ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ތ ހިރިލަންދޫގައި: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންްގް ކޮމްޕެނީ (އެމްޓީސީސީ) އިން ތ ހިރިލަނދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށައިފިއެވެ.

އެމްޓީސީސީއިން ތ ހިރިލަންދޫގައި މި މަސައްކަތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލާއި އެކު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އަދި މި ބޭފުޅުންގެ އިތުރުންވެސް އެމްޓީސީސީގެ އިސްބޭފުޅުންތަކެއްވެސްވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިއެވެ.

ތ ހިރިލަންދޫގައި ހިންގަން ފަށާފައިވާ މަޝްރޫޢގެ ދަށުން އެ ރަށުގައި 25 ހެކްޓަރުގެ ބިންވަނީ ހިއްކުމަށް ހަމަޖެހިފައިއެވެ. އަދި 080،1 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަޖެހުމަށް ނިންމާފައިވާ އިރު، ރިވެޓްމެންޓް ޖެހުމާއިއެކު 80 މީޓަރުގެ ސަރައްހައްދެގައި ގްރޮއިންސް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ. އެމްޓީސީސީއިން އާއްމުކޮށްފައިވާ ގޮތުން މި މަޝްރޫޢގެ ޖުމުލަ 19.105 މިލިއަން ރުފިޔާއެވެ.

1980 ގައި އުފެއްދިފައިވާ އެމްޓީސީސީއިން ފެށުނީއްސުރެ ދިވެހި ރާއްޖޭއަށް އުމްރާނީ ތަރައްގީތަކެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، ވޭތުވެދިއަ 3 އަހަރުގެ ތެރޭގައި ބަނދަރު ހެދުން، ބިން ހިއްކުން އަދި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއތަކެއް އެމްޓީސީސީއިން ވަނީ ނިންމާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: