އަޟުޙާ އީދުގެ މުއްދަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ބޭންކުތައް ބަންދުވާނެކަމަށް އެމްއެމްއޭގެ ފަރާތުން އިއުލާން ކޮށްފިއެވެ.
— MMA (@MMA_Maldives) June 13, 2022
މިކަން ހާމަ ކުރުމުގެ ގޮތުން އެމްއެމްއޭގެ ފަރާތުން ޓްވީޓެއްކޮށް ބުނެފައިވަނީ 1443 ވަނަ އަހަރުގެ އަޟުހާ އީދުގެ މުނާސަބަތުގައި 10 ޖުލައި އިން 14 ޖުލައިގެ ނިޔަލަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، އީދުގެ ދުވަސްތަކުގައި އެ އޮތޯރިޓީއާއި ބޭންކުތައް ބަންދުވާނެކަމަށެވެ.
މީގެ ކުރީ އަހަރުތަކުގައިވެސް އަޟުހާއި އީދާއި ގުޅިގެން ބޭންކުތަށް ބަންދު ކުރާކަން ފާހަގަކުރެވެއެވެ.

