ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީން ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލް ކުރަންފަށައިފި!

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ އާއި ގުޅިގެން ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އައްޝައިހް ފަޟްލޫން މުހައްމަދު އާއި އައްޝައިހް އާދަމް ނިޝާނަށް ދީފައިވާ ދީނީ ތަގުރީރު ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކުރިކަން އިއުލާން ކޮށްފައެވެ. އެދެބޭފުޅުން ވަނީ ރޭ ހައްޔަރު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޝައިހް ފަޟްލޫން މުހައްމަދާއި އައްޝައިހް އާދަމް ނިޝާންގެ ހުއްދަ ބާތިލް ކުރީ ގަލޮޅު ރަސްމީ ދަނޑުގައި ހިންގުނު ހަރަކާތައް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސރަހައްދަކަށްވަދެ، ދައުލަތުގެ މުއްދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިންނާއި އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޑިޕލޮޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދަޢުވަތު ދީ އެ އެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާތީކަމަށެވެ.

އެ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ ޢުމަލުތައް ދިފާއުކޮށް، އަދި އެފަރާތްތަކުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކުފީރުގެ ޞީޣާއިން މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތުމަކީ ވެސް އައްޝައިހް ފަޟްލޫން މުހައްމަދާއި އައްޝައިހް އާދަމް ނިޝާންގެ ހުއްދަ ބާތިލްކުރި ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ދެބޭފުޅުންގެ މައްޗަށް ފުލުހުން ޖިނާއީ ތަހްގީގެއް ހިންގުމަކީ ވެސް އެބޭފުޅުންގެ ހުއްދަ ބާތިލް ކުރި ސަބަބެއް ކަމަށްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: