ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލޯޓިން ސިޓީއާއި ގުޅިގެން އަނެއްކާވެސް ރައީސް ނަޝީދުގެ ފާޑުކިޔުންތަކެއް!

ރައީސް ސޯލިހު އަދި ރައީސް ނަޝީދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ބިނާ ކުރަން މަސައްކަތްކުރާ، ފުލޯޓިން ސިޓީއަށް ޖެހިފައިވަނީ، އަނބޮއްފުޅާއި، ދަނބޮއްފުޅަށް ދިމާވި ހާލަތު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނެދަލެންޑްސް ކުންފުޏެއްކަމަށްވާ ޑަޗް ޑޮކްލަންޑްސްއިން ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް އެއްބަސްވެވިފައިވާ، ފުލޯޓިން ސިޓީއަކީ، ރައީސް ނަޝީދުގެ ނަން އޮންނަވާ ޕްރޮޖެކްޓެއްކަމަށް، އެ މަނިކުފާނު ދާދި ފަހުން، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސެއެޕްއަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވާއިރު، 2011 ވަނަ އަހަރު ތެރޭގައި ޑަޗް ޑޮކްލެންޑްސް ކުންފުޏާއި އެކު، ގާއިމު ކުރެވިފައިވާ މި އެއްބަސް ވުމަށް ދިވެހި ސަރުކާރުން ގަސްތުގައި ހުރަސްތަކެއް އަޅައި، ހުއްޓުވާ ކަމަށް ރައީސް ނަޝީދުވަނީ ތުހުމަތު ކުރައްވާފައިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސްއެޕަށް ކުރެއްވި މެސެޖެއްގައި، ފުލޯޓިން ސިޓީގެ މަޝްރޫޢުއަށް ސަރުކާރުންވަނީ ގަސްތުގައި ހުރަސްތަކެއް އަޅާފައިކަމަށް ރައީސް ނާޝީދު ވިދާޅުވެފައިވާއިރު، ޓްވީޓެއް ކުރައްވާ އެ މަނިކުފާނުވަނީ، މި މަޝްރޫއަށް ޖެހިފައިވާނީ، އަނބޮއްފުޅާއި، ދަނބޮއްފުޅަށް ޖެހުނު ދަތުރު ޖެހިފައިކަމަށް ވިދާޅުވެ، އެ ވާހަކައިން ބައެއް ހިއްސާ ކުރައްވާފައިއެވެ.

”އަނބޮއްފުޅާ ދަނބޮއްފުޅު ގަހުގައި ތާށިވުމުން ގަސް ކަނޑާލަނުދިން މާވަޑި، މާވަޑި ފުރޯ ފަންވަރު ބާލަ ނުދިން ކަނބުރު، ކަނބުރު އުނދުނު ގިނި ނިވާލަ ނުދިން ވާރޭ، މީދާ ހިފާ މަދުކޮށްދޭން ކެރޭނެހޭ ބުޅާ ބުނީ ހޭވައްލާ ތައްޔާރޭ. ޓަޗް ޑޮކްލޭންޑްސް އަށް ދިމާވި ދަތުރު.“ ރައީސް ނަޝީދު

ޑަޗް ޑޮކްލެންޑްސްއިން ބިނާ ކުރަން ކަނޑައެޅިފައިވާ، ފުލޯޓިން ސިޓީއަކީ، ސަރުކާރުން ދަރަނިވެރި ނުވެ، ލިބިގެންދާ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަމަށް ރައީސް ނަޝީދު، ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސްއެޕަށް ކުރެއްވި މެސެޖުގައި ފާހަގަކުރައްވާފައިވާއިރު، އެ މަނިކުފާނުވަނީ، މި މަޝްރޫޢު ހުއްޓުވުމުގައި، ދިވެހި ރާއްޖޭގެ އެންވައިރޮމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެ މަނިކުފާނުވަނީ، ފާހަގަކުރައްވާފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މި މި މަޝްރޫޢު ކުރިއަށް ގެންދިއުމާއި މެދު، ދިވެހި ރާއްޖޭގެ އިކޮނޮމިކް ކައުންސިލުގައިވަނީ، މަޝްވަރާ ކުރެވި، ވޯޓެއް ނެގިފައިކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓުވުމަށް، މިނިސްޓަރ ޝައުނާ ވަނީ ވޯޓު ދެއްވާފައިކަމަށް، ރައީސް ނަޝީދު އިޝާރާތް ކުރެއްވިއެވެ.

ދިވެހި ރާއްޖޭގައި ފުލޯޓިން ސިޓީއެއް ބިނާ ކުރުމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި ޑަޗް ޑޮކްލެންޑްއާއި ދެމެދު އެއްބަސްވުމަކީ، އެ މަނިކުފާނުގެ ނަން އޮންނަވާ މަޝްރޫއެއް ކަމަށް، ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސްއެޕްއަށް ކުރެެެއްވި މެސެޖުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާއިރު، ދިވެހި ރާއްޖޭގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލްވަނީ، އެ މެސެޖުތަކަށް ރައްދުދެއްވާފައިއެވެ، ފައްޔާޒު ވިދާޅުވީ، އެ މަޝްރޫޢުއަކީ، ބޮޑު އޮޅުވާލުމެއްކަމަށެވެ. އަދި ފުލޯޓިން ސިޓީގެ މަޝްރޫޢުއަށް ޑަޗް ޑޮކްލެންޑްސްއަށް ފަސް ފަޅެއް ދޫކުރެވިފައިވާ ކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، އެ ފަޅުތަކުން، ތިން ފަޅެއް މިހާރުވަނީ، އެހެން ކުންފުނި ތަކަކަށް ބޮޑު އަގުގައި ވިއްކާލައިފައިކަމަށާއި، ހަ ރަށެއް ހިއްކުމަށް ފަހު، އެ ރަށްތައްވެސް ވިކާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ދިވެހި ރާއްްޖޭގައި، ނެދަލެންޑްސް ކުންފުންޔަކުން ބިނާ ކުރުމަށް ކަނޑައެޅިފައިވާ، ފުލޯޓިން ސިޓީގެ މަޝްރޫޢުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ސޮއި ކުރެވުމަށްފަހު، ކުރިއަށް ނުގޮސް އޮތުމުގެ ސަބަބުން، 2019 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަލުން ސޮއި ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. 2019 ވަނަ އަހަރުވެސް ސޮއި ކުރެވިގެންދިޔައީ ކުރިންވެސް އެއްބަސްވުން ގާއިމު ކުރެވިފައިވާ ޑަޗް ޑޮކްލެންޑްސް ކުންފުޏާއެކު ކަމަށް ވާއިރު، މި އެއްބަސްވުމުގެ ދަށުން އާރަށު ކައިރީ އޮންނަ ފަޅެއްގައި، ފުލޯޓިން ސިޓީއެއް ބިނާކުރުމަށް ވަނީ ނިންމާފައިއެވެ. އާރަށު ކައިރީ ތަރައްގީ ކުރާނެކަމަށް ބުނެފައިވާ މި ފުލޯޓިން ސިޓީގައި 5،000 ގޯއްޗާއި، ސްކޫލެއްގެ އިތުރުން ހޮސްޕިޓަލަކާއި މޯލް އަދި އޮފީސްތައް ވެސް އިމާރާތް ކުރާނެކަމަށް އެއްބަސްވެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: