ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ޑީއެމްޑީއަށް ގޯސްވީ، ވީޑިއޯ ކުރި މީހުން، އަމަލު ހިންގި މީހުންނެއް ނޫން!

އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީއަކަށް އައްޔަން ކުރެއްވި އައިޝަތު ޖެނިފާ -- ސަން ފޮޓޯ/ފަޔާޒު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގުޅުން ހިންގާއިރު، އަނެކާގެ ހުއްދަނެތި އެ އަމަލު، ވީޑިއޯ ކުރާ ފަރާތަކުން އެ އަރައިގަންނަނީ ޖިނާއީ ކުށަކަށް ކަމަށް، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގަނިކޮށާއި، ޖަމާއަތް ހަދައިގެން ޖިންސީ ގުޅުން ހިންގަނިކޮށް، އެމްޑީޕީގެ އިސް މެމްބަރުންތަކެއް ކަމަށް ތުހުމަތު ކުރެވޭ ބަޔަކުގެ ވީޑިއޯތަކާއި ފޮޓޯ އާންމުވެފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ޖެނިފާ ވިދާޅުވީ، ޖިންސީ ގުޅުން ހިންގަމުންދާއިރު، އެ އަމަލު، އަނެކާގެ ހުއްދައަކާއި ނުލައި، ވީޑިއޯ ކުރާ ފަރާތްތައް އަރައިގަންނަނީ، ޖިނާއީ ބޮޑު ކުށަކަށް ކަމަށެވެ. އަދި އެފަދަ ފުރައްސާރަ ކުރާ ފަރާތްތަކަށް ކުރެވޭނެ ކަންކަން އިންގޭނީ ހަމައެކަނި، އެ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހަކަށްކަމަށްވެސް ޖެނިފާގެ ޓްވީޓްގައި ފާހަގަކުރެއްވިއެވެ.

 

އަނެކާގެ ހުއްދައަކާއި ނުލައި، ވީޑިއޯ ކުރާ ފަރާތްތައް އަރައިގަންނަނީ، ޖިނާއީ ބޮޑު ކުށަކަށް ކަމަށް، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެފައިވާއިރު، ޖިންސީ ގުޅުން ހިންގުންފަދަ އަމަލެއް، އަނެކާގެ ހުއްދަ އޮވެގެން ނަމަވެސް، ވީޑިއޯ ކުރުމަކީ، އިސްލާމީ މުޖުތަމައެއްގައި ކުރާ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ހާއްސަގޮތަކަށް އިންޓަރނެޓުގެ ޒަމާނެއްގައި، އެފަދަ މައުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރަން ދަތިވުމުން، އަނެކާގެ އިއްޒަތާއި ގަދަރު ގެއްލިގެން ގޮސްދާނެކަމަށް ބެލުމަށް ފަހު، އެފަ އެއްވެސް އަމަލެއް ހިންގާއިރު، ވީޑިއޯ ނުވަތަ ފޮޓޯ ނެގުމަކީވެސް އެއްވެސް ހާލަތެއްގައި ރަނގަޅު ކަމެއް ނޫންކަމަށް ގިނަ ފަރާތްތަކުން ބުނާއިރު، އިސްލާމީ މުޖުތަމައެއްގައި، ޖިންސީ ގުޅުމެއް ހިންގޭނީ، ކައިވެނީގެ ތެރެއިން އެކަނިކަމަށްވެސް ފާހަގަކޮށްލެވެއެވެ.

އަނެކާގެ ހުއްދައަކާއި ނުލައި، ވީޑިއޯ ކުރާ ފަރާތްތައް އަރައިގަންނަނީ، ޖިނާއީ ބޮޑު ކުށަކަށް ކަމަށް، މޯލްޑިވިއަންގެ ޑީއެމްޑީ ޖެނިފާ ވިދާޅުވިއިރު، ބަދުއަހުލާގީ އަމަލުތަކެއް ހިންގަމުންދާ މަންޒަރުތަކެއް ދައްކުވައިދޭ ގިނަ އަދަދެއްގެ ވީޑިއޯތައް އާންމުވަމުންދާކަމަށް ފާހަގަކުރެވެއެވެ. މި ވީޑިއޯ ތަކުގައި ދިވެހިރާއްޖޭގެ ހައި ޕްރޮފައިލް އެތައް ބައެއް ފެނިގެންދާކަމަށް ތުހުމަތު ކުރެވިފައިވާއިރު، އަދި ފުލުހުންގެ މުއައްސަސާއިން އެއްވެސް ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ބުނެފަނުވެއެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއިން ހިންގަމުންދާ ތަހުގީގަކާއި ގުޅިގެން މަޝްހޫރު ލޯޔަރެއްކަމަށްވާ، ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފެހެއްޓިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިންވަނީ ކަށަވަރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: