ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެފަހު ޖަލްސާ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރުގެ އެންމެ ފަހުގެ ޖަލްސާ މާާދަމާ ބާއްވާން ނިންމައިފިއެވެ.

މި ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވަން ނިންމިކަން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވައިފައެވެ.

މާދަމާ އެންމެ ފަހުގެ ޖަލްސާ ބާއްވަން ނިންމައިފައިވަނީ މަޖިލިސް ގަވާއިދުގައިވާ ގޮތަށް މަޖިލީހުގެ ދައުރު ނިމޭ ޖަލްސާ ހޯމަ ނުވަތަ ބުރާސްފަތި ދުވަހަކަށް ވާން ޖެހޭ ކަމަށް ބުނެފައިވާތީ އެގޮތަށް އަމަލުކުރުމުގެ ގޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ދައުރު ނިމޭ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމުގެ ބަދަލުގައި މި ހަފްތާ ބުރާސްފަތީގައި ބާއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މަޖިލިސް ދެން ތިންވަނަ ދައުރަކަށް ފަށާނީ އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

ތިންވަނަ ދައުރުގެ ޖަލްސާ ތައް ނޮވެމްބަރު މަސް ނިމެންދެން ކުރިއަށް ގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: