ފަނަރަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީޢަތްނިމެންދެއް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު 15 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި މި މީހާ ހައްޔަރުކޮށްފަައިވަނީ މި މަހުގެ 12 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެއް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ އިތުރަށް ފުލުހުންދަނީ ތަހުޤީގު ކުރަމުންނެވެ.

