އޭނާ އާއި ”އަޅައިގަނެގެން“ އެއުޅެނީ ބިރަކާއި ނުލާ ޓެރަސްތައް މަތީ މަޖާ ނުކުރާތީތޯ އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް ސުވާލުއުފައްދަވައިފިއެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގިނަ ބަޔަކަށް ތުހުމަތުތަކެއް ކުރެއްވުމާއިއެކު އެމްޑީޕީގެ ހާލަތު ވަނީ ބޮޑުތަނުން ގޯސްވެފައެވެ. ޕާޓީގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި އެމްޑީޕީ ވަނީ ބައިބައިވެފައެވެ.
އެމްޑީޕީގެ އިސް ސަފުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ތިއްބެވިއިރު، އެމަނިކުފާނާއި ދެކޮޅަށް ފާޅުގައި ނިކުމެ ވަޑައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހުގެ ދިފާއުގައި ނިކުންނަވާ ބޭފުޅުންވެސް އެމްޑީޕީގައި އެބަތިއްބެވިއެވެ.
އޭގެ ތެރޭގައި ރޮޒެއިނާ އާދަމް އަކީ ފާހަގަކުރެވޭ ބޭފުޅެކެވެ. ރޮޒެއިނާ އަކީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ބޭފުޅެއްކަމުން، ރައީސް ނަޝީދު އެކަމަނާއާއި ވަރަށް ބޮޑަށް ނުރުހުންވެވަޑައިގަންނަވައެވެ. އެގޮތުން ރޭ އެމްޑީޕީގެ ވަޓްސް އެޕް ގުރޫޕްގެ ތެރޭގައިވެސް ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.
ރައީސް ނަޝީދު ވަޓްސްއެޕް ގުރޫޕުގައި ރޮޒއިނާއަށް އަމާޒުކުރައްވާ ދެއްކެވި ވާހަކަތައް އާންމުވެފައިވާއިރު، އެވާހަކަތަކާއި ގުޅިގެން ރޮޒެއިނާއަށް އަމާޒުވި ފާޑުކިޔުމެއްގައި އޭނާއަށް ވަނީ އަގު ކިޔައިގެން ވޯޓު ގަންނަކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. އެ ވާހަކައަށް ރައްދު ދެއްވާ ރޮޒެއިނާ ވިދާޅުވެފައިވަނީ އޭނާއަށް އެ ތުހުމަތު ކުރާފަދަ އެއްވެސްކަމެއް ކޮށްފައި ނޯންނާނެކަމަށެވެ. މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓުގައި އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ބައެއް ކަންތައްތައް ފާހަގަކޮށް ރޮޒެއިނާ ވަނީ އެފަދަ ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ.
Voteh ves vikkaafa eh noannaane. Raaboakah ves nuhunnaane. Mashehves magey firimeeha ehves ehenmeehun kairiyakah nuvannaane. Kaleymenhen birakaanulaa terrace thah mathee majaa nukuraatheetha aharumennaa alhaiganegen thiulheny? Video kulhefa ehen meehunnah varunubaalaa maithirivey https://t.co/IXilFgAoqQ
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 29, 2022
ރައީސް ނަޝީދުގެ ކޮށްކޯފުޅު، މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހެއްގެ އާންމުވި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއަށް އިޝާރާތްކޮށް ރޮޒެއިނާ ވަނީ އަމިއްލައަށް އެކަން ކޮށްފައި އެހެން މީޙުންނަށް “ ވަރު ނުބޭލުމަށް“ އެދިފައެވެ.

