ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުތަކުގެ ކައިރިން ވިއްސާރަ ދުވަސްވަރު ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފިއެވެ.
ވިއްސާރަ ދުވަސްވަރު ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުގެ ކައިރިން ކޮޓަރިއަށް ފެން ލީކުވާ މައްސަލައަކީ ހިޔާގައި އުޅޭ ގިނަ ބަޔަކަށް ދިމާވާ މައްސަލައެއް ކަން ވަނީ ފާހަގަކުރެވިފައެވެ.
އެޗްޑީސީ އިން ބުނީ ފްލެޓްތަކަށް ފެންވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ އެކަމަށް ބޭނުންވާ ސާމާނު ލިބުމާއެކު ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށް!https://t.co/McKK9ogvdD
— HDC (@hdcmaldives) August 2, 2022
އެޗްޑީސީ އިން ބުނެފައިވަނީ ފެންވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ހަވީރު 5:30 ހަށް ކަމަށެވެ.
އެޗްޑީސީގެ ފަރާތުން ވަނީ ފެން ލީކުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލް އިއުލާންކޮށްފައެވެ. އަދި އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ އިއުލާންގައި ބުނެފައިވާ ވަގުތުތަކުގައި ފްލެޓަށް ވަދެވޭނެ އިންތިޒާމާއި ކުޑަދޮރު ކައިރީގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައެވެ.
އެޗްޑީސީން ބުނީ ފެން ލީކުވާ މައްސަލަ އަކީ ބައެއް ފްލެޓްތަކަށް ދިމާވެފައިވާ މައްސަލައެއް ކަމުން އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން އެކަން ހައްލުކޮށްދިނުމަށް އެފަރާތްތަކަށް ކޯޕަރޭޝަންގެ ރަސްމީ ނަމްބަރުން ގުޅަމުންދާނެކަމަށެވެ.
ފެންލީކުވުން ހައްލުކުރުމާއި ގުޅޭގޮތުން އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން މައްސަލަ ހައްލުކޮށްދިނުމަށް ނިންމާފައިވަނީ ޝަކުވާ ލިބުނު ތަރުތީބުންނެވެ.
އެޗްޑީސީގެ ފަރާތުން ދަނީ ހިޔާ ފްލެޓްތަކުގައި ދިިރިއުޅޭ ގިނަމީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.


2 Responses
ފުލެޓްތައް ހިޔާ ވާވަރުގެ ކުޑައެއް ނަގާ
އަހަރެން ފުލެޓ ގެ ދޮރުވެސް ހަލާކުވެއް