ޖުމްހޫރީ ޕާޓީއަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއްކަމަށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ޒުވާނުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާއަށް ފަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ ޖުމުހޫރީ ޕާޓީ އަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި ޖޭޕީގެ އަމާޒަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ގޮތުގައި އަބަދުވެސް ދެމިހުރުން ކަމަށެވެ. އެ އަމާޒުގައި ޖޭޕީ ކުރިއަށްދާ ނަމަ އެ ޕާޓީއަށް މެމްބަރުން އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.
”ޖޭޕީން އަބަދުވެސް އަމާޒު ހިފައިންގެ މަސައްކަތް ކުރަނީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ޕާޓީއަކަށް ވުމަށް.“
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަނާ ސިޔާސީ މަސައްކަތް ފެއްޓެވީ އަނިޔާވެރި ސަރުކާރެއް ބަދަލުކޮށް ރައްޔިތުން އެދޭ ތާއިދުކުރާ ސަރުކާރެއް ގެނެއުމަށް ކަމަށެވެ.

