ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖު ޕްލެޓްފޯމް ފަރަށް އެރިޔަސް މަސައްކަތް ލަހެއް ނުވާނެ: އަސްލަމް

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް ގާއިމްކޮށްފައިވާ ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް އެ މަސައްކަތް ލަސްނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބްރިޖުއަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައި، ގެއްލުންތަކެއް ލިބުނީ މިދިޔަ އަންގާރަ ދުވަހު އެންކަރަށް ދިމާވި މައްސަލައަކުންކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން މީޑިއާތަކަށް ވަނީ މައުލޫމާތު ދީފަ އެވެ. މިނިސްޓްރީން ބުނީ ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީ ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޕްލެޓްފޯމް އެންކާރ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވީކަމަށް ބުންޏެވެ.

ހާދިސާ ހިނގިތާ ތިން ދުވަސް ވީއިރު ވެސް އަދިވެސް އެ ޕްލެޓްފޯމް އެތަނުން ނަގާފައި ނުވެ އެވެ. އޭގެ ސަބަބުން ފަރަށް ގެއްލުންތަކެއް ލިބޭނެކަން އާއްމުން ފާހަގަ ކުރަމުންދާއިރު ޕްލެޓްފޯމް ނެގުމަށް ކުރަމުން ދާ މަސައްކަތެއް މިނިސްޓްރީން ހިއްސާއެއް ނުކުރެ އެވެ. އަދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓު، ތިލަމާލެ ބްރިޖު މަޝްރޫއަށް މީގެ ސަބަބުން އެއްވެސް ލަސްތަކެއް ދިމާވެދާނެ ތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ އެސެސްމަންޓްއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި ލިބުނު ގެއްލުން ދިރާސާކޮށް، ޖުރިމަނާ ކުރާނެ އަދަދު ވެސް ކަނޑައެޅޭނީ އެއަށް ފަހުކަމަށް އަސްލަމް ވިދާޅުވި އެވެ.

”ޑިސްޕިއުޓެއް އޮވެދާނެ ތިމާވެއްޓަށް ގެއްލުމެއްވީ ކަމަށް ވަންޏަ ވީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން، އަދި އެހިސާބަކަށް ނުދޭ.“ އަސްލަމް

ތިލަމާލެ ބްރިޖްގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި ހަވާލްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

އެންމެ ފަހުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި މި މަހުގެ ދެވަނަ ދުވަހު ތިލަމާލެ ބްރިޖް މަޝްރޫއުގެ ބިންގާ ވަނީ އަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: