ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާގެ ނުރުހުން މެންބަރުންނަށް: ޚިދުމަތް ލަސްވާ ވާހަކަ ވިދާޅުނުވެ ލަސްވީ ކޮން ޚިދުމަތެއްކަން ބުނެދީ!

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކޮމިޓީ ބައްދަލުވުމެއްގައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނސްޓްރީން ޚިދުމަތްތައް ދިނުމުގައި ލަސްވާކަމުގެ ވާޙަކަފުޅު މެންބަރުން  ނުދައްކަވާ، ލަސްވާ ޚިދުމަތެއް އެ ލަސްވާ ޚިދުމަތުގެ އެޕްލިކޭޝަނާއެކު ލަސްވާ ޚިދުމަތެއް ސާފުކޮށް އެނގޭނެހެން މިނިސްޓަރަށް  މެސެޖަކުން ނަމަވެސް އަންގާލަދިނުމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފަރާތުން އެދިވަޑައިގެންފި އެވެ.

ޤައުމީ ތަރައްޤީއާއި ތަރިކަ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ހިތްހަމަނުޖެހި ހުންނަވާ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު މިނިްސޓްރީން ދެމުންދާ ޚިދުމަތްތައް ލަސްކަމުގެ ޝަކުވާ މަޖިލީހުގެ މެންބަރުން އެތައް ފަހަރެއްގެ މަތިން ކުރައްވާފައިވާކަމަށާއި ނަމަވެސް އެ ލަސްވާ ޚިދުމަތެއް ބުނެ ނުދެވޭކަމަށެވެ. އެހެންކަމުން އެ ލަސްވާ ޚިދުމަތެއް ސާފުކޮށް އެނގޭނެހެން މެސެޖެއްގެ ގޮތުގައި ނަމަވެސް ފޮނުވާމ އަންގާލަދިނުމަށް އޭނާވަނީ މަޖިލީހުގެ މެންބަރުންގެ ފަރާތުން އެދިފަ އެވެ.

“ޚިދުމްތަތއް ލަސްވާ ވާހަކަ ވިދާޅުނުވެ، ކޮން ޚިދުމަތެއް، ކިހިނެއް ވެގެންތޯ ލަސްވެފަ އޮތީ އެކަން އަޅުގަނޑަށް ވަަކިން ފޮނުވާލެވިއްޖާ އިއްޒަތްތެރި މެންބަރުންގެ މައުލޫމާތައް، އެކަން ސާފުކޮށް، ވަކި އެޕްލިކޭޝަނެއް ނަމަވެސް އެކަމާއި ގުޅޭގޮތުން އަޅުގަނޑުމެންނަށް ކުރެވިފައި ހުރި މަސައްކަތާއި އެ ހުށަހެޅި ފަރާތުގެ މައްސަލައެއް އޮތިއްޔާ، އެވާޙަކަ ސާފުކޮށް މެންބަރުންނަށް އެރުވޭނެ.“ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތައް ލަސްވާކަމަށް ބުނެ ޝަކުވާކިރާތީ އެކަމަށް ފރައްދު ދެއްވާ މިނިސްޓަރު ވިދާޅުވީ، މިހާރު ޓްރާންސްޕޯޓުން ދެމުންދާ ހުރިހާ ޚިދުމަތެއްވެސް އެހެނަށްވުރެއް އަވަސްވާނެކަމަށެވެ.

“ޚިދުމަތުގެ ފީލްޑަށް އަޅުގަނޑު ބަލައިލާނަން. މީގެ ކުރިން ޓްރާންސްޕޯޓުން ދެމުންދިޔަ ޚިދުމަތާއި އަޅާ ބަލާއިރު މިއަދު ޓްރާންސްޕޯޓުން ދެމުންގެންދާ ކޮންމެ ޚިދުމަތެއްވެސް 85 ޕަސެންޓާއި 90 ޕަސެންޓަށް ކިވަނީ އަވަސްވެފަ. ހުރިހާ ޚިދުމަތެއްވެސް.“ ނަހުލާ

ހަމަ މިއާއެކު، ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދާ ކޮންމެ ޚިދުމަތެއްވެސް ކުރިއާއި އަޅާ ބަލާއިރު %85 އާއި %90 އާހަމައަށް ހުންނާނީ އަވަސްވެފައިކަމަށް ވެސް މިނިސްޓަރުގެ ވާޙަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ ކުރީގެ ޚިދުމަތްތައް ދިނުމަށް ހޭދަވާ މުއްދަތާއި މިހާރު ޚިދުމަތްތައް ދިނުމަށް ހޭދަވާ މުއްދަތުގެ ތަފްސީލް އަރުވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިރުން މިނިސްޓަރު ނަހުލާ ވަނީ އެތައް ފަހަރެއްގެ މަތިން ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގައި ކޮމިޓީގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ލަސްވާކަމުގެ ޝަކުވާ މެންބަރުން ކުރާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް އޮތް ހައްލަކީ ކޮބައިތޯކަމާމެދު މެންބަރުން ސުވާލުކުރާކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

އެކަމާ ގުޅުވައި ނަހުލާ ވިދާޅުވީ މަޖިލީޙުގެ ޖަލްސާއެއްގައި އެ ސުވާލަށް ޖަވާބު އަރުވާފައިވާނެކަން ހަނދުމަފުޅުވާކަމަށާއި، ޓްރާންސްޕޯޓު ޚިދުމަތް ދިނުމަށް އެކުލަވާލައިފައިވާ ޕޯޓަލްގައި ހިމެނޭ 100 ޕަސެންޓް ޚިދުމަތްތަކުގެ ތެރެއިން 96 ޕަސެންޓްގެ ޚިދުމަތް އޭރުވެސް ނިމިފައިވާ ވާޙަކަ ދެންނެވިންކަމަށް ނަހުލާ ވީދާޅުވިއެވެ. އެހްންކަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ލަސްކަމަށް ޤަބޫލު ނުކުރާކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

“4 ޕަސެންޓް މަސައްކަތުގެ ޕެންޑިން އެކޭ އަޅުގަނޑުމެން އުޅޭނީ. އެހެންވީމާ އަޅުގަނޑު ޤަބޫލެއް ނުކުރަމޭ ޓްރާންސްޕޯޓު ޚިދުމަތްތައް ލަސްކަމަކަށް“ ނަހުލާ

މީގެ އިތުރުން އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ހުށަހަޅާފައިވާ މަސައްކަތްތަކުގެ ތެރއިން ނިމިފަ ހުރި މަސައްކަތްތަކުގެ ޕަސެންޓް 98.6 ކަަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓުން ދެމުންދާ އެތައް ޚިދުމަތެއް ލަސްވަމުންދާކަމުގެ ޝަކުވާއަކީ މެންބަރުންގެ އިޮތުރުން ރައްޔިތުންގެ އެތައްބަޔަކު ކުރަމުންދާ ޝަކުވާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ލަސް ހުރިހާހިދުމަތެއްވެސް ފައްޔާޒް މެން މިނިސްޓްރީ ހިންގާ ފެންވަރަށް ނުހިންގަންޏާ ތިއީ ބޭކާރު މީހެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: