ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާވަނީ ޕްލާސްޓިކު ފުޅިއެއްގައި ތާށިވެ ބަސްހުސްވެފައި: މަލީހު

މިނިސްޓަރު ޝައުނާ އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކު ފުޅިއެއްގައި ތާށިވެ، އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ބަސްހުސްވެފައިވާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުންތައް ލިބެމުންދާކަމަށް އިދިިކޮޅު ކޯލިޝަނުންނާއި އަމިއްލަ ފަރުދުންވެސް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައި މަލީހު ވިދާޅުވީ، އަމީނީ މަގު ހެދުމުގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުންދަނީ ޖަރީމާއެއް ކަމަށެވެ.

މަލީހު ވިދާޅުވީ، މަގު ހެދުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާ ހުއްޓާލަންޖެހިފައިވާކަމަށެވެ. އަދި އަމީނީ މަގުގައި ހުރި ގަސްތައް ނުކަނޑާ މަގު ހެދޭނެ ބައިވަރު ގޮތްތަކެއް ކިޔައިދެވިދާނެ އެތައް ބަޔަކު ދިވެހިރާއްޖޭގައި ތިބިކަމަށް އެނާ ވިދާޅުވީއެވެ.

އެނާ ވިދާޅުވީ، މިނިސްޓަރު ޝައުނާގެ ތިމާވެށީގެ ސިޔާސަތު މިހާރު ބައްޓަން ކުރައްވަނީ ތިލަފުށިންކަމަށާއި އެ ކަމަނާވަނީ ”ޕެޓް“ ފުޅިއެއްގައި ތާށިވެ ބަސްހުސްވެފައިކަމަށްވެސް މަލީހު ފާހަގަަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުގެ އިސް ބޭފުޅުން އުޅުއްވަނީ ތިމާވެށީގެ ބެލެނިވެރިންގެ ނަމުގައި ކަމަށް ސިފަކުރައްވާ މަލީހު ވިދާޅުވީ، އެ ބޭފުޅުން އުޅުއްވަނީ ކޮރަލް އިންސްޓިޓިއުޓު ފަދަ މުއައްސަސާތައް ހަދާ ބޭރު ދުނިޔޭގެ ވުޒާރާތަކުން ފައިސާ ހޯދައިގެން އެ ފައިސާއިން ކައިބޮއެގެންކަމަށެވެ.

މީގެ އިތުރުން މަލީހުގެ ވަނީ ރައީސް ސާލިހުގެ ސަރުކާރަކީ ބިންތަކެއް ހިއްކުމަށް ބުނެ އެކަން ކާމިޔާބުވެފައިނުވާ ސަރުކާރެއްކަމަށް ސިފަކުރައްވާފައެވެ. އަދި ސިންގަލް ޔޫޒް ޕްލާސްޓިކު މަނާ ކުރީ ތިމާވެށީގެ ނަމުގައިކަމަށް ފާހަގަކުރައްވާ އެނާ ވަނީ ސަރުކާރުން ހުޅުދުއްފާރުގެ ތިމާވެއްޓާއި މާލޭގެ އަމީނީ މަގުގައިވެސް ތިމާވެއްޓަށް ގެއްލުންވާ އަމަލުތަކެއް ހިންގާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: