ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އޯޕަން އެކްސެސް ނެޓުވޯކަށް އަހަރު ފުރުން ފާހަގަކުރުމަށް ހަރަކާތްތަކެއް ރާވައިފި

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓުވޯކުގެ ހިދުމަަތަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ”އިމޭޖިނިންގ އަ ސްމާޓް ސިޓީ“ ގެ ނަމުގައި ކުރުހެމުގެ މުބާރާތަކާއި އިތުރު ހަރަކާތްތަކެއް ފަށައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ ގޮތުން އެ ކުންފުނިންވަނީ ޓީވީ އަދި އިންޓަރނެޓުގެ ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް އޯޕަން އެކްސެސް ނެޓުވޯކު މެދުވެރިކޮށް އެއް ވިއުގެއްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސާފައިކަމަށެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، މި ވިއުގުގެ ބޭނުންކޮށް، ހިޔާ ފްލެޓު، ސްޓެލްކޯ ފްލެޓު އަދި އެމްއޭސީއެލް ފްލެޓުތަކަށް ފައިބަރ ޓު ދަ ހޯމް ކަނެކްޝަންތައް ދެވިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ދެވަނަ ފިޔަވަހީގެ ޒޯން ތިނަކަށާއި ފަހަކަށް ވިއުގުގެ ހިދުމަތްތައް ލިބޭނެ ގޮތަކަށް ފުޅާކުރުމަށްކަމަށް ބުނެފައިވެއެވެ.

އޯޕަން އެކްސެސް ނެޓުވޯކުގެ ހިދުމަތައް އެއް އަހަރު ފުރުން ފާހަގަކޮށް އެޗްޑީސީއިން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގެ އިތުރުންވެސް އެ ކުންފުނިންވަނީ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ފުރާވަރު ކުދިންގެ މެދުގައި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމަށް ޝައުގު އިތުރު ކުރުމަށް ސާނަވީ ގްރޭޑުތަކުގައި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ކުދިންނަށް ހާއްސަ ފީލްޑް ޓްރިޕެއް އިންތިޒާމު ކުރެވިފައިވާއިރު، ޒަމާނީ ވަސީލަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ނޮވެމްބަރު މަހުގެ ތެރޭގައި ”ޑިޖިޓަލް އިންކްލޫސިވިޓީ އިވެންޓް“ ގެ ނަމުގައި ހަރަކާތެއް ރާވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: