ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްހާންކަމަށް ބެލެވޭ ހަށިގަނޑު ޕޯސްމޯޓަމް ހަދަން ފޮނުވައިފި

އަޒްހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.

އަޒްހާންކަމަށް ބެލެވޭ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާއަށެވެ.

އަޒްހާން ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ ފާއިތުވެ ދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މަރުވެފައިވާ ހަށިގަނޑެއް ފެނުނީ 2 އޮކްޓޯބަރުގައެވެ. އެއީ އަޒްހާން ހޯދަމުން އަންނަތާ 15 ދުވަސް ފަހުންނެވެ.

ހުޅުމާލެއިން، މާލެ ދިއުމަށް ދާ ހައިވޭ ފެށޭ ހިސާބުގައި ހުންނަ ވޯޓާ ތީމް ޕާކާއި ދިމާލު ބޯ ގަސްތަކުގެ ތެރެއިން ފެނުނު ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ކުނިވެ ހަލާކުވެފަ އެވެ. އަދި މި ސަަރަހައްދަކީ، އެންމެ ފަހުން އަޒްހާން ފެނިފައިވާކަމަށް ފުލުހުން ބުނި ރެޑްބުލް ދަނޑާއި މާ ދުރު ނޫން ސަރަހައްދެކެވެ. ފުލުހުންވެސް ބުނެފައިވަނީ ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނަޑަށްވުން ވަރަށް ގާތްކަމަށެވެ.

އަޒްހާން އެންމެ ފަހުން ފެނުނުކަމަށް ބުނާ ސަރަހައްދުން، އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އެ ބަޔާން އާއްމު ކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންކަން ފާހަގަކޮށް މީޑިއާތަކާއި އާއްމުންގެ ސުވާލުތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ވަނީ ބްރިޖަށް އަރަން ދާއިރު އެ ސަރަހައްދުގައި ކުނި ވަހެއް ދުވާތާ ދުވަސްކޮޅެއް ވެފައިވާކަން ވެސް ފާހަގަކޮށްފައެވެ. ނަމަވެސް ގަސްތަކުގެ ތެރޭގައި އޮންނަ ފެންގަނޑަކުންނާއި، މަސް ފެކްޓްރީއިން ވަސް ދުވާތީ، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ ބެލެވެއެވެ.

އެ ހަށިގަނޑު ފެނުމާއި އެކު ފުލުހުންގެ ތަހުގީގު އިތުރަށް ފުޅާކޮށް، އެއީ މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލު ކުރި ކަމަށެވެ. މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި އެކު، މިފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލު ކުރާ އުސޫލުން މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައި ވާ ސްޓޭޝަންތަކާއި، އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ވެސް ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒްހާން މަރާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: