ހުޅުމާލޭގައި ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދަނީ ސައްހަ ފޮޓޯއެއް ނޫންކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލެއިން، މާލެ ދިއުމަށް ދާ ހައިވޭ ފެށޭ ހިސާބުގައި ހުންނަ ވޯޓާ ތީމް ޕާކާއި ދިމާލު ބޯ ގަސްތަކުގެ ތެރެއިން އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށީގަނޑެއް ފެނުނީ އަޒްހާން ހޯދަމުންދާތާ 15 ދުވަސް ފަހުންނެވެ. މި ސަަރަހައްދަކީ، އެންމެ ފަހުން އަޒްހާން ފެނިފައިވާކަމަށް ފުލުހުން ބުނި ރެޑްބުލް ދަނޑާއި މާ ދުރު ނޫން ސަރަހައްދެއްކަމުން، ކައިރި ސަރަހައްދުތައް ރަނގަޅަށް ބަލައި ފާސްކޮށްފައިނުވާތީ ގިނަ ބަޔަކު ދިޮޔައީ ފުލުހުންގެ އިހުމާލު މި މައްސަލާގައި އެބަ އޮތްކަމަށް ބުނަމުންނެެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން އާންމުކުރި ބަޔާނެއްގައި ފުލުހުން ބުނީ މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި އެކު، މިފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލު ކުރާ އުސޫލުން މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައި ވާ ސްޓޭޝަންތަކާއި، އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ.
މިއަދު ފުލުހުންގެ މުއައްސަސާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އަޒްހާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ހަށީގަނޑުކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރު ކުރާ ފޮޓޯ އަކީ ހަގީގަތެއް ނެތް ފޮޓޯއެއްކަމަށެވެ. އަދި އެ ފޮޓޯތަކަކީ އަޒްހާންގެ މައްސަލަ އާއި އެއްވެސް ގުޅުމެއް ހުރި ފޮޓޯތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފޮޓޯތައ ހުރި ބުނެ ދައުރުކުރާ ލިންކަކީ، ސްކޭމެއްކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.
އަޅުގަނޑަސް ހަމަ އެ ލިންކް ފެނުމާއިއެކު ސީން ފެނިފަ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެއީ ނޫންކަން. އެހެން ނަމަވެސް އާންމު ރައްޔިތަކަށް އެ ސީން ނުފެންނަ ފަރާތަކަށް އެއީ ހަމަ ބަލައިލަން ކުއުރިއަސް ވާނެކަން އެގޭ
މިއީ ސްކޭމްގެ ޒަރިއްޔާއިން މިފަދަ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނެގުންކަމަށް ފުލުހުން ސިފަކުރިއެވެ.
މިހާރު ދައުރުވަމުންދާ އެ ދެ ފޮޓޯއަކީ، އެ ފޮޓޯތަކަކީ މި މައްސަލަ އާއި ގުޅުން އެއްވެސް ގުޅުމެއް ހުރި ފޮޓޯއެއްނޫން. އަދި އެ ލިންކަކީ މި މައްސަލާގައި ގުޅުން ހުރި ފޮޓޯއެއް ވީޑިއޯއެއް ހުރި ލިންކެއް ނޫންކަން ފާހަގަކޮށްލަން
އެ ސަރަހައްދުން އަޒްހާން ފެނިފައިވާއިރު، ބައެއް މީހުން ވަނީ ބްރިޖަށް އަރަން ދާއިރު އެ ސަރަހައްދުގައި ކުނި ވަހެއް ދުވާތާ ދުވަސްކޮޅެއް ވެފައިވާކަން ވެސް ފާހަގަކޮށްފައެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުނި ވަސް ދުވާތީ އެއްވެސް މީހަކު ރިޕޯޓް ކޮށްފައިނުވާކަމަށެވެ.
ފުލުހުން އެ ސަރަހައްދުން ބަލައި ފާސްކުރީ ލިބުނު ސީސީޓީވީ ފޫޓޭޖްއެއްގެ ސަބަބުންކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

