ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ހިތްތަކަށް ކަންކަން ގެނެސް ތަސައްވުރު ނުކުރެވުމާއި ސިފަ ނުކުރެވި ދަނީ ފޮތް ކިޔުން މަދުވުމުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތް ނިންމުމުގެ ރަސްމީއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ހިތްތަކަށް ކަންކަން  ގެނެސް އެކަންކަން ތަސައްވުރު ނުކުރެވުމާއި ސިފަ ނުކުރެވި ދަނީ ފޮތް ކިޔުން މަދުވުމުން ކަމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް  މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ބޭއްވި ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްގައި ލިޔުނު ދެފޮތް ނެރެދެއްވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ  މޯލްޑިވްސް ޔުނިވަރސިޓީ އިން ފޮތް ލިއުމުގެ މަސައްކަތް ހިންގާ ކަމަކީ ދިވެހިރާއްޖެއަށް މިވަގުތު ގައުމު ބިނާ ކުރުމުގައި ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

ދިވެހިރާއްޖެއަކީ ފޮތުގެ ސަގާފަތެއް މާބޮޑަށް އޮތްތަނެއް ނޫން ކަމަށާއި ރާއްޖޭގައި ފޮތް ކިއުން މަނާ ދުވަސްވަރު ފޮތް ލިޔުން މަނާ ދުވަސްވަރު ފޮތް ވިއްކުން މަނާ ދުވަސްވަރު ގިނަވެފައި އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވުމާއެކު ފޮތަށް އަހުލުވެރިވެފައިހުރި މިންވަރު ކުޑަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ އުމުރުފުރާގެ ބޭފުޅުން މިހާރުވެސް ފޮތް ކިޔުމާއި ދުރުކަން ފާހަގަކުރެއްވިއެވެ. އެކަމަކީ ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމެއް ބިނާ ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވިސްނުމެއްނެތުމާއި ބުއްދިއެއް ނެތުމާއި ތަސައްވަރެއް ނެތުމާއި މަންޒަރެއް ނެތުމާއި އުއްމީދެއް ނެތުމާއި ހުވަފެނެއް ނެތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ފޮތުގެ ޖީލެއް ނުއުފެއްދި ވަނިކޮށް އެހެން ހަމަލާއެއް އައިސްފިކަމަށާއި އެެއީ ޝޯސަލް މީޑިއާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

120 ކެރެކްޓަރަށް ވުރެ ދުރަށް ދެން އަދި އަމުދުން މިހާރު ވިސްނުން ގެންދެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓްވިޓަރ އާއި ޓިކްޓޮކާއި އިންސްޓަރގްރާމް އަޅުގަނޑުމެންގެ ވިސްނުން އޮނިގަނޑެއްގައި ތަޅުއަޅުވައިފި ކަމަށާއި ސުރުހީ ނޫން އެއްޗެއް މިހާރު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިރާސާއެއް އަތުން ގެއްލެން ފަށައިފި ކަމަށާއި ކަމެއްގެ ފުންމިނަށް ދިއުން އެއީ ނުކުރާ ކަމަކަށް މިހާރު ވާން ފަށާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓްވިޓަރ ގައި 120 ކެރެކްޓަރުން ބަޔާން ކޮށްދޭ ސުރުހީ ނުވަތަ މައްސަލަ ނުވަތަ ވާހަކަ ވެގެންދަނީ އެތައްބަޔަކު ދެކޭ ގޮތުގައި މައުލޫމާތުގެ ގޮތުގައި ގަބޫލު ކުރެވިގެން އަދި ދުނިޔެ ހިނގާ ގޮތް ކަމަށް ނިންމިގެން އޭގެ މައްޗަށް މުޅި ހަޔާތާއި ގައުމެއްގެ ހަޔާތާއި މުޅި އުއްމަތުގެ މިސްރާބު ބިނާވެގެން ދާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ފޮތްވެރިކަން ނުވަތަ ފޮތް ލިޔުމުގެ މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ވިސްނަވާ ވިސްނެވުމަކީ  ބޮޑުހިލަ ބަނދަރަށްވުރެ އެއްގަމު ތޮށްޓަށް ވުރެ އެއަރޕޯޓަށްވުރެ އޭގެން އެކައްޗަކަށްވުރެ ވެސް މިވަގުތު ރާއްޖެއަށް މުހިއްމު ކަމެއް ކަމުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

ގައުމިއްޔަތެއް ބިނާކޮށް އާއްމު ހާލަތު ރަނގަޅުކުރަން އެދޭނަމަ ތަނަވަސްކަން ދިރިއުޅުމަށް ރުފިޔާއިން ހޯދަން އެދެނީ ނަމަވެސް މިއަދު ކުރަން އޮތް ކަމަކީ ހަގީގަތުގައި ފޮތް ކިޔަން އަމިއްލައަށް އާދަކުރެވޭނެ ގޮތެއް، ދަސްކުރެވޭނެ ގޮތެއް ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފޮތް ކިޔުމުގެ އާދައެއް ފުރަތަމަ އަމިއްލައަށް އަށަގެންނެވުމަކީ ކުރުން މުހިއްމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފޮތެއް ހެދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ހާއްސަކޮށް ކުޑަކުދިންގެ ފޮތެއް ލިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: