ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫ އާއި ކައިރި ފަޅު ރަށަކުން ހޯދި މަސްތުވާތަކެތި 82 ކިލޯއަށް!

ހޯނޑެއްދޫ އާއި އެ އަތޮޅު ކައިރި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި ހޯދި މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. އަތޮޅުގައި ކުރިޔަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނުގެ ތެރެއިން، ހޯނޑެއްދޫ އާއި އެ އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތާއި ގުޅިގެން މީގެ ދެ ހަފްތާ ކުރިން ފެށި މި އޮޕަރޭޝަނުގެ ތެރެއިން ހޯނޑެއްދޫގައި ވަޅުލާފައި ހުރި 13 ކިލޯގެ މަސްތުވާތަކެތި މިދިޔަ ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. އަދި އޮޕަރޭޝަން ފުޅާކޮށް ކުރިޔަށް ގެންދާ ތަހުގީގުގައި މިއަދު އިތުރު 69 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން ހާމަކުރީ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދެވެ.

ހަމީދު ވިދާޅުވީ، ބަންދުކޮށްފައި ހުރި، މަސްތުވާތަކެތީގެ ޕެކެޓުތައް ފެނިފައި ވަނީ ހޯނޑެއްދޫގެ އިތުރުން މީހުން ދިރިނޫޅޭ ފަޅު ރަށަކުން ކަމަށެވެ. އަތުލައިގެންފައި ވަނީ މަސްތުވަތަކެތީގެ ބާވަތެއްކަމަށް ވާ ހެރޮއިން އާއި، މެތެވެ. މިއާއު އެކު ތަހުގީގަށް ހޯދުނު މަސްތުވާތަކެތީގެ ޖުމްލަ އަދަދު 82 ކިލޯއަށް އަރަ އެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތަށް ފުލުހުން އެ ރަށުން ތިން މީހަކު ހައްޔަރު ކުރި އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު މެޔަށް ތަދެއް އަރައި ނިޔާވުމުގެ ސަބަބުން އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދަނީ ފުލުހުންނާއި އެކު ޖޮއިންޓު ތަހުގީގެއް ހިންގަމުންނެވެ.

މި ހާދިސާގައި ނިޔާވި މީހާ މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފަ އެވެ.

މައްސަލައިގައި އަނެއް ދެ މީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ބުނާ މައްސަލައިގައި ހޯނޑެއްދޫގެ ގެތަކާއި އަތޮޅުގެ ކައިރި ފަޅު ރަށްތައް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: