ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބިލުގެ ޖޫރިމަނާ މައާފުކޮށްދޭ މުއްދަތު ޑިސެމްބަރު 31 ގައި ހަމަވާނެ: އެމްޑަބްލިޔުއެސްސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ފަރާތުން އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބިލްތައް ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ފެން ބިލުގެ ޖޫރިމަނާ މާފުކުރުމުގެ ޕްރޮގްރާމްގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހަމަވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެންބިލުގެ ޖޫރިމަނާ މާފްކުރުމުގެ ޕްރޮގްރާމްގެ ދަށުން ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ޑިސެމްބަރު މަހުގެ 31 ގެ ކުރިން އެއްފަހަރާ ދެއްކުމުން، އެބިލެއްގެ ޖޫރިމަނާ ފައިސާ އެމްޑަބްލިޔުއެސްސީއިން މާފުކޮށްދޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެއްކޭނަމަ، މި މުއްދަތުގެ ތެރޭގައި ބިލަށް ދައްކާ ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މައާފުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަސްޓަމަރުން އެދޭނަމަ، އިންސްޓޯލްމެންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކައި ހަލާސް ކުރުމުގެ ފުރުސަތުވެސް އެމްޑަބްލިޔުއެސްސީއިން ވަނީ ފަހިކޮށްދީފައެވެ.

މިއަހަރު ނިމުމުގެ ކުރިން އެމްޑަބްލިޔުއެސްސީގެ ޖޫރިމަނާ މާފްކުރުމުގެ ޕްރޮގްރާމްގެ ބޭނުން ހިފައި މުސްތަގުބަލުގައި ޖޫރިމަނާ އެރިޔަނުދީ ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން 105 އަށް ގުޅާލުމުން ފެންބިލް މާފުކުރުމުގެ ޕްރޮގްރާމާއިބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: