ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ލަންކާ ތަމްސީލުކުރައްވަން ވަޑައިގެންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ނަޝީދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް އާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްރުގެ ޝަރްމުއްޝައިހްގައި ބާއްވާ އދ ގެ މިއަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމުން، ގިނަ ބަޔަކު އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެއެވެ.

އިއްޔަ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެެންސްގައި ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފިކަމަށެވެ. އެއާއިއެކު އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކުރީ ރާއްޖޭގެ ބަދަލުގައި އެހެން ގައުމެއް ތަމްސީލުކުރައްވަން ވަޑައިގެންނެވީމައެވެ.

އެގޮތުން ކުރީގެ ބަންޑާރަ ނައިބު، ޑރ މުހައްމަދު މުނައްވަރު ޓްވީޓެއްކުރައްވާ ސުވާލުކުރެއްވީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްޘީލުކުރަންވަން ވަޑައިގެންނެވިއިރު، ދިވެހި ގައުމު ކޮބައިތޯއެވެ. އަދި ދިވެހި ދައުލަތަށް ވަފާތެރިވުމަކީ ކޮބައިތޯ މުނަންވަރު ވަނީ އައްސަވާފައެވެ.

އެ ޓުވީޓަށް ކޮމެންޓްކުރައްވާ، ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް ވަނީ މުންނަވަރުގެ ވާހަކައަށް ތާއީދުކުރައްވާފައެވެ.

މީގެ އިތުރުން އަބަދުވެސް ރައީސް ނަޝީދާއި ނުރުހޭ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ކުރައްވަން ބޭނުންވާ ސުވާލެއް އެބައޮތްކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް، ރާއްޖެ ބައިވެރިވާ ފޯރަމްއެއްގައި އެހެން ގައުމެއް ތަމްސީލުކުރެވިދާނެތޯ އައްސަވާ ޓުވީޓުގައި ރިއްފަތްއަށް ޓެގުކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދު ކަންތައްކުރެއްވި ގޮތަށް ކަންތައް ކުރެވިދާނެކަމަށް އޭނާގެ ބުއްދިއަކަށް ގަބޫލު ނުކުރެވޭކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ހަމަ މި މައްސަލައިގައި ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ މިކަމުގެ ރައްދުގައި މަޖިލީހުން ރައީސް ނަޝީދުގެ ދަތުރަށް ހަރަދުނުކުރައްވާކަމަށް ބުނުމުން ހައްލުނުވާކަމަށެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ޔުނައިޓެޑް ނޭޝަންސްއަށް ސްރީ ލަންކާ ތަމްސީލުކުރައްވަން ވަޑައިގެންނެވުމަށްފަހު، އެކަމުގެ ރައްދުގައި ރައީސް އޮފީހުން ހަރަދުނުކުރާކަމަށް ބުނުން މިއީ ގަބޫލުކުރެވޭނެކަންކަމެއް ނޫންކަމަށް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުކަން އާދަކުރެއްވުމަށްފަހު، މަގާމުން ވަކިކުރުމުން ސަރުކާރާއި ދެކޮޅުވި، މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ތިމާވެށީގެ ރޮނގުން ގައުމަށް ހިދުމަތް ކުރުމަށް ރައީސް ނަޝީދު ކެތް މަދުވެފައިވާކަމަށާއި، އެހެންކަމުން ރައީސް ސާލިހު އެންވަޔަރަންމަންޓް މިނިސްޓަރަކަށް ރައީސް .ނަޝީދު އައްޔަނުކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ. މާދަމާ ރައީސް ސާލިހު ޒިމްބާބުވޭ ތަމްސީލުކުރެއްވުން ފުރުނޫންކަމަށް ފާހަގަކޮށް މަލީހު ވިދާޅުވެފައިވަނީ، ދައުލަތް ބޮޑު ޖޯކެއްގެ ގޮތުގައި ފެނިގެން ނުވާނެކަމަށެވެ.

މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް އެއްކަމަށްވާ ޕޭވިންގ ދަ ފްރޭމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީ އަކީ މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާ، މިފަދަ މަޝްވަރާތަކެއް ކުރެވިގެންދާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ސްރީލަންކާ ތަމްސީލުކުރެއްވުމަށްޓަކައި މި ނޮވެމްބަރު މަހުގެ 4 އިން 9 އަށް ރައީސް ނަޝީދު ހުންނެވުމަށް ހަމަޖެހިފައިވަނީ މިސްރުގައެވެ.

މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް ) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމް ކުރާ ބައްދަލުވުމުކެވެ.

ރައީސް ނަޝީދު މިސްރަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ސީވީއެފް އާއި 20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއިއެކު ކޮޕް 27 ގެ ހަވާސާއިގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ 20 ) ގްރޫޕްގެ ރިޔާސަތު މިވަގުތު ބަލަހައްޓަނީ ގާނާ އިންނެވެ.

ދިވެހިރާއްޖެއަކީވެސް ސީވީއެފްގެ މެމްބަރު ގައުމަކަށްވީއިރު، ރައީސް ނަޝީދު ރާއްޖޭގެ ބަދަލުގައި ސްރީ ލަންކާ ތަމްސީލުކުރައްވާއިރު، ސްރީލަންކާގެ ހާލަތު ގޯސްވެ، އެ ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ރައީސް ނަޝީދު ވަނީ އެ ގައުމުގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީވުމަށް ކުރިމަތިލައްވާފައެވެ. އެ ކަމާއި ގުޅިގެން އަލަށް އައްޔަނު ބޮޑުވަޒީރު ރަނިލް ޓްވީޓެއްވެސް ކުރައްވާ ވިދާޅުވީ، ރައީސް ނަޝީދު އެ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށާއި އެ ގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވަން ހުށައަޅާފައިވާ ހުށައެޅުން އެނާ ބަލައިގަންނަކަމަށެވެ. އެއާއިއެކު ރައީސް ނަޝީދު ގެންދަވަނީ އިގްތިސާދީ ކަންކަމުގައި ސްރީ ލަންކާއަށް ލަފާ ދެއްވަމުންނެވެ. އަދި ހާލަތު ރަނގަޅުކުރާނެ ގޮތުގެ އިރުޝާދުދެއްވަމުންނެވެ.

ސްރީ ލަންކާއަށް މިހާލު ޖެއްސީ އެ ގައުމުގެ ކުރީގެ ރައީސް ގޮޓަބަޔާ ރަޖަޕަކްސާކަމަށް، ގައުމުގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރެއެވެ. އަދި އެކަމުގެ ނުރުހުން ގޮޓަބަޔާ އަށް އަމާޒުކޮށް، މުޒާހަރާތަށް ކުރުމުން، ސްރީލަންކާއިން ގޮޓަބަޔާ ފިއްލެވުމަށްވެސް ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ އެހީތެރިވެފައެވެ. އަދި ގައުމުން ފިއްލަވައިގެން ގޮޓަބަޔާ ވަޑައިގެންނެވުމުން އޭނާއަށް ދިވެހި ސަރުކާރުން ހިމާޔަތްދިނެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންވެސް ނުރުހުންވުން ފާޅުކުރިއިރު، ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާގެ ރައްޔިތުންވެސް ވަނީ މިކަމާއި ގުޅިގެން ވެރި ރަށް މާލެ ސިޓީގައި އިހުތިޖާޖް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: