ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މިލްކިއްޔާތު ބަޔާނުގައިވާ ހަރުމުދަލުގެ އަގުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ: އޮޑިޓް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ އަގުކަމަށް ބުނެފައިވާ އަދަދާއި، ހަރުމުދަލުގެ ރެޖިސްޓްރީއާއި ދިމާ ނުވާކަމަށް އެ މުވައްސަސާގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން 2021 ވަނަ އަހަރުގެ އެ އިދާރާއިން އެކުލަވާލާފައިވާ ހަރުމުދަލުގެ ރެޖިސްޓްރީގައި މާލިއްޔަތު ގަވައިދުގެ ދަށުން ހިމެނުމަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރެއިން ކެޕިޓަލް ހަރަދުގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ހިފަނާފައިނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން، ހަރުމުދަލުގެ ރެޖިސްޓްރީގައި ހިމަނާފައިވާ މުދަލުގެ ސީރިއަލް ނަމްބަރު އަދި މުދާ ހުރި ތަނުގެ އިތުރުން މޮޑެލް ނަމްބަރުފަދަ މައުލޫމާތުތަކާއި އެހެނިހެން ބައެއް މުހިންމު މައުލޫމާތުތައްވެސް ފެންނަން ނެތެވެ. އަދި އޮޓިޑުން މަޖިލީހުގެ އިދާރާއަށް ގޮސް ޗެކު ކުރި އިރު ބައެއް ހަރުމުދަލުގައި އިންވެންޓަރީ ކޯޑު ޖަހާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށާއި، ބައެއް މުދާ ރަޖިސްޓްރީގައި ހިމަނާފައިނުވާކަމަށްވެސް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އޮޑުން ބުނެފައިވާގޮތުން، މިލްކިއްޔާތު ބަޔާނުގައި ހަރުމުދަލުގެ އަގު ކަމަށް ބުނެފައިވާ އަގުތަކާއި އިދާރާގެ ރެޖިސްޓްރީގައި ހުރި އަދަދުތައް ދިމާނުވެއެވެ. އެގޮތުން އިދާރާގެ ރެޖިސްޓްރީގައި 65،855،048( ފަސްދޮޅަސް ފަސް މިލިއަން އައްސަތޭކަ ފަންސާސް ފަސް ހާސް ސާޅީސް އައް ރުފިޔާ) ރުފިޔާ ބަޔާންކޮށްފައިވާއިރު، އިދާރާގެ މިލްކިއްޔާތު ބަޔާނުގައިވަނީ 61،789،761(ފަސްދޮޅަސް އެއް މިލިއަން ހަތްސަތޭކަ އައްޑިހަ ނުވަ ހާސް ހަތްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ރުފިޔާކަމަށްވުމުން 4،065،287(ހަތަރު މިލިއަން ފަސްދޮޅަސް ފަސްހާސް ދުއިސައްތައް އައްޑިހަ ހަތް ރުފިޔާ) ރުފިޔާގެ ތަފާތެއް ހުރިކަމަށް އޮޑިޓުންވަނީ ބުނެފައެވެ.

އޮޑުޓުން ބުނެފައިވާގޮތުން، އިދާރާގެ ހަރުމުދަލުގެ ރެޖިސްޓްރީ އެ އިދާރާއިން ބަލަހައްޓާފައިނުވެއެވެ. އެހެންކަމުން މިލްކިއްޔާތު ބަޔާނުގައިވާ ހަރުމުދަލުގެ އަގުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: