ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުލައިގަތީ ބޮޑު ނެޓްވޯކެއް، މަސްތުވަތަކެތި ބަންދު ކުރާ މެޝިނާއި ސެލޯފިން ވެސް ފެނުނު!

ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަންފާ ނަގަމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފި އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަތް ހަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައި މައްސަލައިގެ ތަހުގީގަތް ފުލުހުން ވަނީ ފަށާފަ އެވެ. ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރާ ތުހުމަތުގައި ވަނީ އެ މީހުންނަކީ، ރޭވިގެން އިންތިޒާމުތަކެއްގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.

އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންނާއި ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސް ކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އަތުލައިގެންފައި ވަނީ، ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަމާއި އެ މީހުންގެ އަތުން ފެނިފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ވެސް ހާމައެއް ނުކުރެ އެވެ.

ބަންދު ޖެހުމަށް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، އެ މީހުން ހައްޔަރު ކުރި ތަނުން މަސްތުވާތަކެތި ޕެކް ކުރުމަށް ބޭނުން ކުރާ ބައެއް މެޝިންތަކާއި ސެލޯފިން ފެނިފައި ވެއެވެ. އަދި އެތަކަތީގެ ބަރުދަން ބެލޭނެ ބައެއް ސާމާނުތައް ވެސް ފެނިފައިވާކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރު ކުރި ތިން މީހަކަށް ޖަހާފައި ވަނީ ތިރީސް ދުވަހުގެ ބަންދެކެވެ. އަދި ދެ މީހަކު ބަންދު ކުރީ 25 ދުވަހަށެވެ. އަދި އެކަކު ބަންދު ކުރީ ޝަރީއަތް ނިމެންދެނެވެ. މި އެންމެނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން 30 ދުވަހުގެ ބަންދު ޖެހީ 36 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއް އަދި 39 އަހަރުގެ މީހާއަށެވެ. އަދި 25 ދުވަހުގެ ބަންދެއް ޖެހީ 37 އަހަރާއި، 28 އަހަރުގެ މީހާއަށެވެ. ޝަރީއަތް ނިމެން ދެން ބަންދު ކުރ މީހާގެ އުމުރަކީ 30 އަހަރެވެ. އޭނާ ޝަރީއަތް ނިމެން ދެން ބަންދު ކުރީ މަސްތުވާތަކެއްޗާއި ފައިސާއަކީ އޭނާގެ ތަކެތިކަމަށް ބަންދުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ އެވެ. އިތުރު ބަޔަކު ކުށަށް އިއުތިރާފުވެފައި ނުވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނެޓްވޯކުތައް އަތުލައިގަތުމުން، ނުވަތަ އެކަކަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވެ މަސްތުވާތަކެއްޗާއި ހަވާލުވާކަން ފާހަގަކުރެވެ އެވެ. އެހެންވެ، ގިނަ ފަހަރަށް އެހެން މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ސަލާމަތްވެ އެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: