2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ސަރުކާރުގެ ޖުމުލަ ހަރަދުތައް އެއް ބިލިއަނުން އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭގެ ކުއާޓަލީ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، ދެވަނަ ކުއާޓަރގައި ސަރުކާރުގެ ޖުމުލަ ހަރަދުތައް އަރާފައިވަނީ 8.5 ބިލިއަންއަށް ކަމަށެވެ. އެ މުވައްސަސާއިން ބުނެފައިވާގޮތުން މައިގަނޑު ގޮތަކަށް ހަރަދުތައް އިރުވުމަށް ދިމާވެފައިވަނީ ރިކަރެންޓު އެކްސްޕެންޑިޗާ އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި ރިކަރެންޓު ހަރަދުތައް ވަނީ 730.1 މިލިއަނުން އިތުރުވެފައިކަމަށް ފާހަގަކޮށްފައިވެއެވެ..
އެމްއެމްއޭއިން ބުނެފައިވާގޮތުން ރިކަރެންޓު އަދި ކެޕިޓަލް ހަރަދުތައް ބޮޑުވުމަށް ދިމާވެފައިވަނީ އިދާރީ އަދި ހިންގުންތެރިކަމަށް ކޮށްފައިވާ ހަރަދުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން އެންމެ ބޮޑު ހަރަދުތަކެއް ކޮށްފައިވަނީ ގްރާންޓާއި ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައިކަމަށް އެ މުވައްސަސާއިން ފާހަގަކޮށްފައިވެއެވެ.
އެ މުވައްސަސާގެ ރިޕޯޓުގައިވާގޮތުން، ސަބްސިޑީގެ އަދަދުތައްވަނި 614.2 މިލިއަނުން އިތުރުވެފައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން ސަބްސިޑީއަށް ކުރަމުންދާ ހަރަދުތައް އިތުރުވެފައިވަނީ ބައިނަލްއަގުވާމީ މާކެޓުގައި ކާބޯތަކެތި އަދި އަގުތައް ބޮޑުވުމުގެ ސަބަބުން ކަމަށެވ.ެ އަދި މި ކަމުގެ ސަބަބުން ބަޖެޓަށް ބުރަތަކެއް ކުރާކަމަށް ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ސަރުކާރުންވަނީ ޓުއަރިޒަމް ބިމު ކުއްޔާއި، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުންވެސް ބިމު ކުލި ނުނަގައި އަހަރެއް ހޭދަކޮށްފައެވެ.

