ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލެ ލިންކް ރޯޑްގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗަރގައި ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށީ އެކަމަށް ޚާއްސަކޮށް 7 ޑިސެމްބަރ 2022 ހުޅުމާލެ ލިންކް ރޯޑްގެ އައިލެންޑް އޭރިއާގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.

އެގޮތުން އެ ސަރަހައްދުގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗަރގައި ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވީ މިނިސްޓްރަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ، ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާރޓިން ރެއިސާރ ގެ އިތުރުން ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރާނެ ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައިކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެފައިވަނީ ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމުގެ ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންކަމަށެވެ. އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓަރކްޗަރ އެއް ގާއިމުކޮށްފައިކަމަށާއި، މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފެއްދަށް ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންކަމަށް މިނިސްޓްރީއިން މިކަމާއި ގުޅިގެން ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ވަނީ އަންދާޒާކުރެވޭކޮށްފައެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މިއީ ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށް އެ ނިޒާމުން ކަރަންޓް އުފެއްދުމަށްފަހު ޕަވަރ ޕާރޗޭސިންގ އެގްރީމެންޓް (ޕީޕީއޭ) މޮޑެލްގެ ދަށުން ކަރަންޓްގެ ޙިދުމަތް ދޭ ކުންފުންޏަށް ވިއްކުމަށް ވަނީ ހަމަޖެހިފައިކަމަށް ފާހަގަކޮށް މިނިސްޓްރީއިން ބުނެފައިވަނީ އެހެންކަމުން މި ނިޒާމު ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުނުކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: