ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާގެ ބަންދު އިތުރު ކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެންފޯސްމެންޓް އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގް އެންފޯސްމަންޑް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުސް މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ފާއިތުވެދިޔަ މަހުގެ ތެރޭގައެވެ. މި އޮޕަރޭޝަންގެ ތެރެއިން 12 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތުދީފައިވާގޮތުގައި މި މައްސަލައިގައި މިހާރު ބަންދުގައި ތިބި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަހުގެ ބަންދު މުއްދަތު ޖަހާފައެވެ.

އެމީހުންގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުންކަމުގެ ތުހުމަތެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމެއްގައި ހިމެނޭ ފުލުހެއް ނަމަވެސް، ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެކަމަށެވެ. އަދި އެހެން ފުލުހަކަށްވެސް އެ ފުރުސަތު ނޯންނާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގު އެންފޯސްމެންޓް ގައި އުޅޭ ފުލުހެއް ނަމަވެސް، އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: