ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޔެއް މިޔެއް ނުބައްލަވާ ކަންކަން ހައްލުކުރައްވަން އުޅުއްވީމަ މިއޮތީ ބޮއްސުންލާފަ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެޔެއް މިޔެއް ނުބައްލަވާ ކަންކަން ހައްލުކުރައްވަން އުޅުއްވުމުގެ ސަބަބުން ބޮއްސުންލައިފިކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދެއްވާނަންކަމަށް ވައުދުވެވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާ އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓަކާއި ގުޅިގެންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރެއްގައި ގދ ފަރެސްމާތޮޑާގައި ހުންނަވާ ރައީސް ސާލިހު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބުމުގެ ޝަކުވާ އެބައޮތްކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވީ އެބޭފުޅުންގެ ސަރުކާރެއްގައި މަސްވެރިން ބާނާ މަހަށްވާ ހަމަ އަގު ދިނުމަށެވެ.

އެވާހަކަތަކަށް އިޝާރާތްކޮށް ހަސަން ލަތީފް ވިދާޅުވެފައިވަނީ އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތުތައް ދޫކޮށްލުމަށްފަހު، އެޔެއް މިޔެއް ނުބައްލަވާ ކަންކަން ހައްލުކުރައްވަން އުޅުމުގެ ސަބަބުން މި ސަރުކާރުގެ ވެރިކަމުގެ ދައުރު ހަމަވާންދާއިރު، ކަންތައްތައް އޮތީ ބޮއްސުންލާފައިކަމަށެވެ.

އެމްޑީޕީން ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދެވެ. އަދި ވެރިކަމަށް އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު، ބެޔަސް ނުބެޔަސް 10،000 ރުފިޔާގެ ސިޔާސަތަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، އެކަންކަމަށް ހައްލެއް ހޯދުމަށެވެ.

އޭގެ އިތުރުންވެސް ގިނަ ވައުދުތަކެއް ވެފައިވާއިރު، ވެރިކަމަށް 4 އަހަރުވީއިރުވެސް އެ ވައުދުތައް ފުއްދައިދެވިފައި ނުވާކަމުގެ ކަންބޮޑުވުން މަސްވެރިން އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖުތައް އިތުރު ކުރުމާއި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމުގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ކޮށްފައިނުވާކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައިވާ ގޮތުގައި އެ ކަންކަމަށް ހައްލު ގެނައުމަށް ވަގުތު ބޭނުންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: