ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ހދ ނޮޅިވަރަމްގައި ދިރިއުޅެމުންދިޔަ ނިޝާމާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެނާގެ ގޭގެ ކޮޓަރީގެ ތެރެއިންނެވެ. ޝައްކުތައް ކުރެވިފައިވާގޮތުން، އެނާ މަރާލާފައިވަނީ އެނާގެ ފިރިމީހާ އަބޫބަކުރު ފައިސަލްއެވެ. އެނާ މިހާރުވަނީ ހައްޔަރުގައި ހުރެ ދަންޖެހެން މަސައްކަތް ކުރުމުން ލިބިގެންދިޔަ އަނިޔާތަކަކަށްފަހު، ވެންޓިލޭޓަރުގައި އޮއްވާ މަރުވެފައެވެ.
މި މައްސަލައިގައި އާއިލާއިން ބުނި ގޮތުގައި، ނިޝާމާ މަލާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ


One Response
މަރާލެވުނު މީހާ ވަޅު ނުލެވެނީސް މެރި ކަމަށްވާ މީހާ ވަޅުލެވިއްޖެ މަރާލެވުނު މީހާ ކުދި ކުދި މެރިކަމަށްވާ މީހާ ވަޅުލުން އަވަސް އެއްވެސް ކަމެއް ނުކޮށް